ފަންޑިތަ ހަދާ ކަމަށް ތުހުމަތު ކުރެވިގެން އިއްޔެ ފުލުހުން ހައްޔަރު ކުރި ހިތަދޫ ސޯމާ އިބްރާހީމް މަނިކުގެ މައްސަލަ އިތުރަށް ބަލަމުން އަންނަ ކަމަށާއި މިވަގުތަށް އެއްވެސް މައުލޫމާތެއް ދެވެން ނެތް ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ ދެކުނު ޑިވިޝަންގެ ކޮމާންޑަރު އިންސްޕެކްޓަރު އޮތް ޕޮލިސް އަހުމަދު ޝިފާން މިއަދު ވިދާޅުވީ އިބްރާހީމް މަނިކު މިހާރު ވެސް ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށެވެ.
އަދި އޭނާގެ ބަންދުގެ މުއްދަތާ މެދު ގޮތެއް ނިންމަން މިއަދު ކޯޓަށް ދާނެ ކަމަށް ޝިފާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިބްރާހީމް މަނިކާ ބެހޭ މައްސަލާގައި އިތުރަށް ހޯދަން ޖެހޭ މައުލޫމާތުތައް ހޯދައި، އެ މައްސަލަ އިތުރަށް ދިރާސާ ކުރައްވަމުން ގެންދަވާ ކަމަށެވެ.
އެހެންވެ ތަފުސީލެއް ދެވެން ނެތް ކަމަށް ޝިފާން ވިދާޅުވި އެވެ.