Last Updated: November 26, 20:40
Tuesday, November 26, 2024
ޚަބަރު

މިދިޔަ މަހު މީރާއަށް 390 މިލިއަން ރުފިޔާގެ އާމްދަނީއެއް!

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) -- ސަންފޮޓޯ

އާމްދަނީގެ ގޮތުގައި މިދިޔަ އޮކްޓޯބަރު މަހު 370.57 މިލިއަން ރުފިޔާ މީރާއަށް ލިބިއްޖެއެވެ.

މީރާއިން މިއަދު އާއްމު ކުރި ބަޔާނެއްގައި ބުނީ މިއީ މިދިޔަ 2019 ވަނަ އަހަރު މީރާއަށް ލިބުނު އާމްދަނީއަށް ވުރެ 57.9% ދަށް އަދަދެކެވެ.

މީރާއިން ބުނީ އޮކްޓޯބަރު 2019 ގައި ލިބުނު އާމްދަނީ އާ އަޅާބަލާއިރު އޮކްޓޯބަރު 2020 ގައި ލިބިފައިވާ އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ ކޮވިޑް-19 އާ ގުޅިގެން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ މިންވަރު ދަށްވެފައިވުމުގެ ސަބަބުން ޓޫރިޒަމް ދާއިރާގެ އިޤްތިޞާދީ ހަރަކާތްތައް މަދުވެ، ޓޫރިޒަމް ދާއިރާއިން ޓެކުހުގެ ގޮތުގައި ލިބިފައިވާ އާމްދަނީ ދަށްވެފައިވުމެވެ. މިގޮތުން، ޖީ.އެސް.ޓީ އަދި ގްރީން ޓެކްސް ފަދަ ޓެކުހުން ލިބިފައިވާ އާމްދަނީ ދަށްވުމުންނެވެ.

މިދިޔަ މަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީ އެވެ. އެއީ 63.3% ނުވަތަ 247.42 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އިންކަމް ޓެކުހުންނެވެ. އެއީ %13.4 ނުވަތަ 52.39 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން، ބީ.ޕީ.ޓީގެ ގޮތުގައި 20.32 މިލިއަން ރުފިޔާ (5.2%)، ރެސިޑެންޓް ޕަރމިޓްގެ ގޮތުގައި 18.54 މިލިއަން ރުފިޔާ (4.7%)، ވެހިކަލް ފީގެ ގޮތުގައި 9.34 މިލިއަން ރުފިޔާ (2.4%)، އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ 42.56 މިލިއަން ރުފިޔާ (10.9%) ހިމެނެއެވެ. އާމްދަނީގެ ތެރޭގައި 4.68 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.