Last Updated: December 4, 20:51
Wednesday, December 4, 2024
ޚަބަރު

ސެނަހިޔާ ހޮސްޕިޓަލުގެ ލެބޯޓްރީ އަޕްގްރޭޑްކޮށްފި

ސެނަހިޔަ މިލިޓަރީ ހޮސްޕިޓަލުން ދެމުން ގެންދާ ލެބޯޓްރީ ޚިދުމަތް އަޕްގްރޭޑް ކުރުމަށްފަހު ނާރުގެ ބަލިތަކުގެ ޓެސްޓްތައް ހެދޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.

މި ޚިދުމަތްތައް ތަޢާރަފުކުރުމަށް މިއަދު ސެނަހިޔަގައި މިލިޓަރީ ހޮސްޕިޓަލްގައި ބޭއްވި ޚާއްޞަަ ރަސްމިއްޔާތުގައި ލެބޯޓްރީ ހުޅުވައިދެއްވީ ސިފައިންގެ ފެމެލީ އެސޯސިއޭޝަން (ސިފަމާ) ގެ ޗެއަރޕާސަން ފާތިމަތު ފިރާޝާއެވެ.

ލެބޯޓުރީއިން ދެމުގެންދާ ޚިދުމަތްތައް އިތުރުކޮށް ނާރުގެ ބަލިތަކާ ގުޅުންހުރި ޓެސްޓްތައް ކުރެވޭނެ އިންތިޒާމު މިހާރު ވަނީ ސެނެހިޔާ އިން ހަމަޖައްސާފައެވެ. މިއީ ސެނަހިޔައިން މުޅިން އަލަށް ދޭންފެށި ޚިދުމަތެކެވެ.

މީގެ އިތުރުން ލެބޯޓްރީއަށް ގެނެވިފައިވާ ބަދަލުތަކާއެކު ލޭގެ ސާމަޕަލު ނެގުމަށް ހަތަރު ސްޓޭޝަނެއް މިހާރު ވަނީ ޤާއިމުކޮށްފައެވެ. އޭގެތެރޭގައި ތުއްތު ކުދިންގެ ލޭގެ ސާމަޕަލް ނެގުމަށް ޚާއްޞަ ސްޓޭޝަނެއް ހިމެނެއެވެ. މި ބަދަލުތަކާއެކުގައި އެކްސްރޭ، ފިޒިއޮތެރެޕީ، އަދި ލެބޯޓްރީގެ ޚިދުމަތަށް އެދޭ މެމޯ ހެއްދުމުގެ ޚިދުމަތް ލެބޯޓްރީ ކައުންޓަރުން ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

ސެނަހިޔަ މިލިޓަރީ ހޮސްޕިޓަލުން ދެމުން ގެންދާ ލެބޯޓްރީ ޚިދުމަތް ތަރައްޤީކުރުމަށް ފަހު ލެބޯޓްރީ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތަށް ފަހު، އެމްއެންޑީއެފްއިން ކޮންމެ ހަފުތާއަކު ނެރޭ ހަފްތާ މަޖައްލާގެ ނޯޓިސް ބޯޑެއް ސެނަހިޔަ އޯޕީޑީ ސަރަހައްދުގައި ވަނީ ހުވާފައެވެ. މި ނޯޓިސް ބޯޑް ހުޅުވައިދެއްވީ ސިފައިންގެ ފެމެލީ އެސޯސިއޭޝަން (ސިފަމާ) ގެ ވައިސް ޗެއަރޕާސަން އައިމިނަތު ދިހުޝާނާއެވެ.

ސިފަމާ ޗެއަރޕާސަން އަދި ވައިސް ޗެއަރޕާސަން ސެނަހިޔައަށް ކުރެއްވި މި ޒިޔާރަތުގައި ސެނަހިޔަގެ މަސައްކަތްތައް ހިނގަމުންދާގޮތް ވަނީ ބައްލަވާލައްވާފައެވެ. މީގެއިތުރުން އެކިއެކި ދާއިރާތަކުން ސްޕޭޝަލައިޒްވެ ޚިދުމަތާއި ގުޅިލެއްވި ސިފައިންގެ ޑޮކްޓަރުންނާއި ވެސް ވަނީ ބައްދަލުކުރައްވާފައެވެ.