Last Updated: November 23, 21:59
Saturday, November 23, 2024
މުނިފޫހިފިލުވުން

އެ ގުޅުން ވަކި ނުވެވޭނެ

(ސެޕްޓެމްބަރު 16، 2013 ވަަނަ ދުވަހުގެ ބަޔާ ގުޅޭ)

"އަހަރެންް މިއަދު ކަމަކަށް އެދެން ބޭނުން." ހީނާ ކަރުނަ ފޮހެލަމުން ބުނެލި އެވެ.

"އަހަރެންނަށް އެނގޭ ކަމަނާ ބޭނުން ވަނީ އަހަރެން މި ފޯމްގަ އަވަހަށް ސޮއި ކުރަންކަން." އުނައިސް ޖެއްސުމުގެ ރާގަކަށް ބުނެލިއެވެ. ހީނާ ހިމޭނުން އިނެވެ.

"ކަމަނާގެ ބައްޕަ ބުނި ފަދައިން އަހަރެން މި އޮތީ މިފޯމްގަ ސޮއިކޮށްފަް" އުނައިސް ފޯމު މައްޗަށް ހިއްލާލަމުން ބުނެލި އެވެ. އެ ވަގުތަކީ ހީނާގެ ބައްޕަ ގެއަށް އައިސް ވަން ވަގުތެވެ.

"ހީނާ ރޮމުން ބައްޕަގެ މޭގައި ލައްވެލި އެވެ. ހީނާގެ ބައްޕަ އޭނާ ގޮވައިގެން އެެ ގެއިން ނިކުތެވެ. އެ މީހުން ދިޔަތަނާ އުނައިސްގެ ވަކީލް އައިސް ސަލާމް ގޮވާލި އެވެ. އުނައިސް ސަލާމް ބަލައި ގަތުމަށް ފަހު އޭނަ އާ އެކު ސިޓިން ރޫމްގައި އިށީނެވެ.

"އުނައިސް މާފް ކުރޭ. ބޭންކް މައްސަލަގަނޑު މާ ބޮޑުވެއްޖެ. ތަފާތު މީހުން މި ކުންފުންޏާ ބެހޭ ގޮތުުން ވަރަށް ވާހަކަ ދައްކާ އެބަ."

"ދެނޯ ދެން އޮތް ގޮތަކީ ކޮބާ؟"

އެ ވަގުތު ޔޫނުސް ވެސް އައިސް އެ މީހުންނާ ބައްދަލު ކުރި އެވެ.

"ބައްޕާ ބޭންކު މައްސަލަ ގަނޑުގަ ވަކީލް އައިސް އެ އިނީ."

"ތީ މާ އަވަހަށް ހާސްތި ވަނީ. އަހަރެންގެ އަނެއް ޕާޓުނަރު އިދްރީސް ވެސް އެބަ އާދޭ މާދަމާގެ ފްލައިޓުން ޑުބާއީގަ ހުރެފައި. އަހަރެން އަދި ދަރިފުޅު ކައިރީ ނުބުނަންތަ އޭނާގެ ވާހަކައެއް؟"

"އެކަމަކު ބައްޕާ އިދްރީސަށް ވަގުތަށް ނާދެވުނިއްޔާ މަޅިޔަކަށޭ ވާނީ."

"އަޅުގަނޑަށް ހީވަނީ މި ވަގުތު ދާންވީ ބޭރުގަ ޖަމާވެފަ އެ ތިބަ މުވައްޒަފުން ކޮޅާ ބައްދަލު ކުރަންހެން." ވަކީލް ތެދުވަމުން ބުނެލި އެވެ.

ޔޫނުސް ތެދުވެ ބޭރަށް ނިކުމެ މީހުންނާ ވާހަކަ ދައްކަން ފެށި އެވެ.

"އަހަރެމެން ވަރަށް މަސައްކަތް ކޮށްފިން ފެކްޓަރީ އާއި ގެ ސަލާމަތް ކުރެވޭތޯ. އެކަމަކު މިކަންތައް ހައްލު ކުރެވޭނެ ކަމުގެ އުއްމީދު ވަރަށް ކުޑަ. ކަލޭމެންނާ އެކު އަހަރެމެން މަސައްކަތް ނުކުރިޔަސް މި ގުޅުން ނުކެނޑޭނެ. ފާއިިތުވި ދުވަސްތަކުގަ ކަލޭމެން ވަނީ ދާ އޮހޮރުވައިގެން މަސައްކަތް ކޮށްފަ. މިއީ އެންމެ މުހިންމު ވަގުތަކީ ކަލޭމެންނަށް ޝުކުރު އަދާކުރަން." އުނައިސްގެ އަސަރުގަދަ ވާހަކައަށް ފަހު ޔޫނުސް ވެސް ވާހަކަ ދެއްކި އެވެ.

ކޮންމެ މިހެއްގެ ލޮލުން ކަރުނަ ފާއްދާލާފައިވާ ހާލު އިސް ދަށަށް ޖަހަައިގެން އެންމެން އެކަކަށް ފަހު އަނެކަކު ދަމުން ގޮސް ހުސްވި އެވެ.

"ދޮންބޭ އަދިވެސް އިދްރީސްގެ ހަބަރެއް ނުވޭތަ؟" އައިޝާ އައިސް އަހާލި އެވެ.

"އާނ އޭނާ ވީ ޑުބާއީގައެއްނު. އޭނާ އަހަރެން ހަނދާން އެބަހުރި ޑުބާއީ އަށް ދިޔައީ އަނބުރާ އަންނާކަށް ނޫން. އެކަމަކު ބައްޕަގެ މި ކަންތަކާ އޭނާ އެ އަންނަނީ. މި މައްސަލާގަ އިދުރީސްއަކީ ބައްޕަގެ ފަހުގެ އުއްމީދު މިކަންތައް ފެއިލް ވެއްޖެއްޔާ ވާނެ ގޮތެއް ވެސް ނޭނގޭ."

(ނުނިމޭ)