ސ. މީދުއަކީ ރާއްޖޭގެ ތާރީހުގައި ހާއްސަ ރަށެކެވެ. ތައުލީމާއި މަސައްކަތުގެ ފަންނުގައި މީދޫއަކީ ރާއްޖެ އަށް މަޝްހޫރު މޮޅު ދަރިންތަކެއް އުފަންވެފައިވާ ރަށެކެވެ.
މީދޫ "ރަންދާން" އަހުމަދު ނަޒްވާން އަކީ މީގެ ތެރެއިން ފާހަގަކޮށްލެވޭ ފަހުރުވެރި ޒުވާނެކެވެ. ނަޒްވާންގެ ތައުލީމީ ބިންގާ އެޅިފައި ވަނީ އަމިއްލަ ރަށް ސ. މީދޫންނެވެ.
ނަޒްވާން އޯލެވެލް ފުރިހަމަކޮށްފައި ވަނީ ހިތަދޫ މުހިއްބުއްދީން ސްކޫލުން ނެވެ. އަދި އެއަށް ފަހު ސީއެޗްއެސްސީން އޭލެވެލް ފުރިހަމަ ކުރެއްވުމަށް ފަހު މަތީ ތައުލީމް ހާސިލް ކުރައްވާފައިވަނީ މެލޭޝިއާއިންނެވެ.
ނަޒްވާން ވަނީ މެލޭޝިއާ އިން މެކޭނިކަލް އިންޖިނިއަރިން ދާއިރާ އިން ބެޗްލާސް ޑިގްރީ ނަންގަވާފަ އެވެ.
އުމުރުން އެންމެ 24 އަހަރުގެ ނަޒްވާންގެ ކުޑައިރުގެ ވެސް އުންމީދަކީ އިންޖިނިއަރިން ދާއިރާއިން ކުރިއަށް ދިއުމަށެވެ. އެގޮތުން އިންޖިނިއަރިން ދާއިރާއިން ބެޗްލާސް ޑިގްރީ ނެންގެވުމަށް ފަހު ގައުމަށް ހިދްމަތް ކުރެއްވުމުގެ ގޮތުން ދިވެހި ސިފައިން ގެއަށް ވެންނެވި އެވެ.
މިޒާޖުގައި މަޑުމައިތިރި ނަޒްވާންއަކީ މި ވަގުތު އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ޝަހީދު ޢަލީގެ އަންޑަގޮއިން ވޮޗް ކީޕިން އޮފިސަރެވެ.
ނަޒްވާން އަކީ ތައުލީމީ ދުވަސްވަރުވެސް ފާހަނގަކޮށްލެވުނު މޮޅު ދަރިވަރެކެވެ. އެގޮތުން އޭނާގެ ތައުލީމީ ހަޔާތުގައި މުހިއްބުއްދީން ސްކޫލުގައި އުޅުއްވި އިރު ސްކޫލްގެ ސިނިއާ ޕްރިފެކްޓުންގެ ތެރޭގައި ވަނީ ހިމެނިފަ އެވެ. އަދި ސީއެޗެއެސްސީން އޭ ލެވެލް ފުރިހަމަ ކުރެއްވި އިރު ރާއްޖޭގެ އެންމެ މޮޅު 10 ދަރިވަރުންގެ ތެރޭގައި ވަނީ ހިމެނިފަ އެވެ. އަދި މެލޭޝިއާގައި ކިޔަވަން އުޅުއްވި އިރު ވެސް ނަޒްވާން ވަނީ އޭނާގެ ކުޅަދާނަކަމާއި ގާބިލްކަން ދައްކާފައެވެ.
އެމްއެންޑީއެފް އާއި ގުޅިވަޑައިގެ އައްޑޫގައި ބޭއްވި 17 ވަނަ ށަކް ސަމިޓްގެ މަސައްކަތުގައި އަމަލީ ގޮތުން ނަޒްވާން ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.
އަދި އެ އަށް ފަހު ޕާކިސްތާނުގެ ނޭވަލް އެކަޑަމީއިން ނޭވަލް އޮފިސަސް ބޭސިކް ޓްރޭނިން ކޯސް ފުރިހަމަކޮށް މި ކޯހުގައި ބައިވެރިވި ފޮރިން ކެޑޭޓުންގެ ތެރެއިން ބެސްޓް އޯލްރައުންޑްގެ މަޤާމް ހޯދާފައިވެ އެވެ.
މިމަގާމާއި ގުޅިގެން ކޯހުގެ ޕާސިންއައުޓް ޕެރޭޑްގައި ލެފްޓިނަންޓް ނަޒްވާނަށް ވަނީ ޕާކިސްތާން ޗީފް ނޭވަލް ސްޓާފް ގޯލްޑް މެޑަލް އަރުވާފައެވެ.
ނަޒްވާން އަކީ މިވަގުތު ދިވެހި ސިފައިންގެ ތެރޭގައި ތިއްބެވި އޮފިސަރުންގެ ތެރެއިން ފާހަނގަކޮށްލެވޭ ކުރިއަރަމުން އަންނަ ޒުވާން އޮފިސަރެކެވެ.