ހިތަދޫ ސަރަހައްދީ ބަނދަރަށް އަންނަ މުދާ ބާލާނެ ފަރާތެއް ހޯދުމަށް އެ ބަނދަރުން އިއްޔެ އިއުލާނެއް ކޮށްފިއެވެ.
ބަނދަރުން ކުރި އިއުލާނުގައި ބުނެފައިވަނީ، އެއް އަހަރުގެ މުއްދަތަކަށް ސަބްކޮންޓްރެކްޓު އުސޫލުން އެ ބަނދަރަށް ގެންނަ މުދާ ބޭރުކުރުމުގެ މަސައްކަތަށް ޝައުގުވެރިކަން ހުރި ފަރާތްތަކުން ކުރިއަށް އޮތް ހަފްތާގެ އާދީއްތަ ދުވަހު ހެނދުނު 10:00 ގައި ޕޯޓު އޮފީހުން މައުލޫމާތު ސާފުކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
އަދި މިމަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ ހަފްތާގެ އަންގާރަ ދުވަހުގެ ހެނދުނު 10:00 ގެ ކުރިން އަންދާސީ ހިސާބު ހުށައެޅުމަށް ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. ނަމަވެސް މައުލޫމާތު ސާފުކުރަން ނާންނަ ފަރާތްތަކުން ހުށައަޅާ ހިސާބު ގަބޫލުނުކުރާނެ ކަމަށާއި، ޝަރުތުތައް ހަމަނުވާ ހިސާބުތައް ވެސް ބާތިލުކުރެވޭނެ ކަމަށް ޕޯޓުން ބުނެފައިވެއެވެ.
މިމައްސަކަތާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރެއްވުމަށް 6888558 އަދި 6888546 އަށް ގުޅުއްވުމަށް ޕޯޓުން އިލްތިމާސް ކުރެއެވެ.
ހިތަދޫ ބަނދަރުން ސާފުކުރާ މުދަލުގެ ނިސްބަތް އިތުރުވަމުން އަންނައިރު އާންމުކޮށް އެތަނުން މުދާ ބާލަން ހަވާލުކުރަނީ އެފަދަ މަސައްކަތް ކުރާ ފަރާތްތަކާއެވެ. މިދިޔަ އޮގަސްޓު މަހުގައި ވެސް މުދާ ބާލާނެ ފަރާތެއް ހޯދުމަށް ޕޯޓުން ވަނީ އިއުލާނެއް ކޮށްފައެވެ.