Last Updated: April 24, 10:25
Thursday, April 24, 2025
ޚަބަރު

މާލޭގައި އެކްސިޑެންޓެއްް ހިނގައި ޒުވާން އަންހެން ކުއްޖަކު މަރުވެއްޖެ

މާލޭގައި ރޭ ބާރު ސްޕީޑުގައި ދުއްވި ސައިކަލެއް އެކްސިޑެންޓުވެ ސައިކަލް ފަހަތުގައި އިން ޒުވާން އަންހެނަކު މަރުވެއްޖެއެވެ.

ފުލުހުން ބުނީ އެކްސިޑެންޓު ހިނގީ ރޭ 22:00 ހާއިރު އަމީނީ މަގުން ދަރުމަވަންތަ ހޮސްޕިޓަލާއި ދިމާލަށް ބާރު ސްޕީޑުގައި ނިކުތް ސައިކަލެއް ކޮންޓްރޯލް ނުވެ ދުވާ ޓްރަކް މައްޗަށް އަރައިގެން ކަމަށެވެ. މިއެކްސިޑެންޓުގައި މަރުވެފައިވަނީ 24 އަހަރުގެ އަންހެނެއް ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ އެކްސިޑެންޓުވި ސައިކަލް ދުއްވަން އިނީ 24 އަހަރުގެ ފިރިހެނެއް ކަމަށާއި އޭނާގެ އަތުގައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނެތް ކަމަށެވެ.

މި އެކްސިޑެންޓު ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.