Last Updated: April 11, 11:14
Friday, April 11, 2025
ޚަބަރު

ގަމުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

އައްޑޫ ސިޓީ ގަމުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް އަނިޔާވެއްޖެއެވެ.

މިއެކްސިޑެންޓު ހިނގާފައިވަނީ މިރޭގެ ވަގުތެއްގައި ފޭދޫ އިން ގަމަށް ދާ ކޯޒްވޭ މަތިން ދެ ސައިކަލު ޖެހިގެންނެވެ.

މަންޒަރު ދުށް ފަރާތްތަކުން "އައްޑޫލައިވް" އަށް ކިޔައިދީފައިވާ ގޮތުގައި، އެކްސިޑެންޓު ވީ އެއްކޮޅަށް ދަތުރުކުރި ދެ ސައިކަލުގެ ތެރެއިން އެއް ސައިކަލު އޯވަޓޭކު ކުރަން އުޅުމުގެ ތެރޭގައެވެ.

މިއެކްސިޑެންޓުގައި އެއް ސައިކަލުގައި އިން ޒުވާނާ ވަނީ ކޯޒްވޭ އިން މޫދަށް ވެއްޓިފައެވެ. ނަމަވެސް އޭނާ ވަނީ އަމިއްލައަށް މޫދުން ފައިބައިގެން ގޮސްފައެވެ. އަނިޔާވި ދެވަނަ ޒުވާނާއަށް ވަނީ ފޭދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދީފައެވެ.

އިތުރު ތަފްސީލު އަންނަނީ..