ކ. ގުރައިދޫ ބިން ހިއްކުމުގެ މަސައްކަތުގެ 83 ޕަސެންޓް ނިމިއްޖެއެވެ.
އެ މަސައްކަތް ކުރިއަށްގެންދާ އެމްޓީސީސީ އިން ބުނީ ގުރައިދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތުގެ 48 ޕަސެންޓް ނިމިފައިވާ ކަމަށާއި ބިން ހިއްކުމުގެ މަސައްކަތުގެ 83 ޕަސެންޓް ނިމިފައިވާ ކަމަށެވެ. އަދި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތުގެ 8 ޕަސެންޓް ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެއެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުއަށް 85.9 މިލިއަން ރުފިޔާ ޙަރަދުވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
މި މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 27 އޯގަސްޓް 2019 ގަ އެވެ.