Last Updated: April 24, 10:25
Thursday, April 24, 2025
ޚަބަރު

ކާރެއްް ކޮންޓްރޯލް ނުވެ ފުވައްމުލަކު ބަނދަރުތެރެއަށް ވެއްޓިއްޖެ

ބާރު ސްޕީޑުގައި ދުއްވި ކާރެއް ކޮންޓްރޯލް ނުވެ ފުވައްމުލަކު ބަނދަރު ތެރެއަށް ވެއްޓިއްޖެއެވެ.

ރޭ 11:30 ހާއިރު ހިނގި މިހާދިސާގައި އެއްވެސް މީހަކަށް ގެއްްލުމެއް ލިބިފައި ނުވެއެވެ.

ފުވައްމުލަކުން ވާހަކަ ދެއްކި މީހަކު ބުނީ މިދިޔަ މަހު އައްޑޫން ގަނެގެން ފުވައްމުލަކަށް ގެންދިޔަ ސްޕޯޓްސް ކާރު ބަނަދަރުތެރެއަށް ވެއްޓުނީ ބާރު ސްޕީޑުގައި ދުއްވާފައިގޮސް އަނބުރާލަން އުޅުމުގެ ތެރޭގައި ކޮންޓޯލް ނުވެ ގޮސް ކަމަށެވެ. މި ހާދިސާގެ ވީޑިއޯ ސޯޝަލް މީޑިއާގައި މިހާރު އަންނަނީ ދައުރުވަމުންނެވެ.

މޫދަށް ވެއްޓުނު ކާރު ރޭ ވަނީ ނަގާފައެވެ.

މިހާދިސާ އާއި ގުޅޭ ގޮތުން ފުލުހުން އަދި އެއްވެސް މައުލޫމާތެެއް ހިއްސާކޮށްފައިނުވެއެވެ.