އެމްޑީޕީ އައްޑޫ ސެކްރެޓަރީ ޖެނެރަލް އިބްރާހީމް ސޮބްރީ މިއަދު ހައްޔަރު ކުރުމާ ގުޅިގެން އެމްޑީޕީން އެކަން ކުށްވެރިކޮށްފި އެވެ.
ެއެމްޑީޕީން ބުނީ އައްޑޫ ސިޓީ ހިންގާ ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް އަދި ހިތަދޫ މެދުދާ އިރާގެ ނާއިބް ރައީސް، އަދި އެ ދާއިރާގެ ކެމްޕެއިން މެނޭޖަރު އިބްރާހީމް ޞަބްރީ މިއަދުގެ ވަގުތެއްގައި ހައްޔަރު ކުރި ހައްޔަރު ކުރުން އައްޑޫ ސިޓީ ހިންގާ ކޮމިޓީގެ ފަރާތުން ވަރަށް ހަރުކަށި ޢިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.
"މިކަމަކީ އެމްޑީޕީގެ ފަރާތުން ރިޔާސީ ކެންޑިޑޭޓް ރައީސް ނަޝީދު ހޮވުމަށްޓަކައި ކުރަމުންދާ ކެމްޕެއިނަށް ހުރަސް އެޅުމުގެ ގޮތުން ކުރެއްވި ވަރަށް ދަށު ދަރަޖައިގެ ޢަމަލެއް ކަމުގައި ދެކެމެވެ. އަދި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓް ފަސް ކުރުމަށް ސްޕްރީމް ކޯޓުގައި ހިމެނޭ ފާޙިޝް ކަންތައްތައް ކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ ފަނޑިޔާރުން ހިމެނޭ ފަނޑިޔާރުންގެ ކޮމިޓީއަކުން ކުރި ޙުކުމާއި ދެކޮޅަށް އައްޑޫ ސިޓީގައި މަސައްކަތް ކުރަމުންދާތީ އާއި އެޙުކުމް އެމްޑީޕީގެ ފަރާތުން ބަލައި ނުގަންނަ ކަމަށާއި އިލެކްޝަންސް ކޮމިޝަނުން އިންތިޚާބާ ބެހޭ އެއްވެސް މަސައްކަތެއް މަޑު ނުޖައްސާ ކަމަށް ވިދާޅުވަމުންދާތީ ކޮށްފައިވާ ކަމެއް ކަމަށް އައްޑޫ ސިޓީގެ ހިންގާ ކޮމިޓީން ދެކެމެވެ." އެމްޑީޕީ އައްޑޫ ރައީސް އަހުމަދު އަދުހަމް ނެރުއްވި ބަޔާނުގައިވެ އެވެ. "އަދި މިއީ މީގެ 7 އަހަރު ކުރިން އަލްފާޟިލް އިބްރާހީމް ޞަބްރީގެ ޢައިރު ހާޒިރުގައި ކޮށްފައިވާ ޙުކުމެއް ތަންފީޒު ކުރެއްވުމަށް ކަމަށް ބުނެ އަލްފާޟިލް އިބްރާހީމް ޞަބްރީގެ ވޯޓުލުމުގެ ޙައްގު ގެއްލުވަން ކުރާމަސައްކަތެއް ކަމަށ ވެސް ގަބޫލުކޮށް އެމްޑީޕީގެ އައްޑޫ ދާއިރާތަކަށް ކުރަމުން ގެންދާ ވަރަށް ބޮޑު ޖެއްސުމުގެ ޢަމަލެއް ކަމުގައި އައްޑޫ ސިޓީގެ ހިންގާ ކޮމިޓީން ވަރަށް ބޮޑަށް ދެކެ އަދި އެ ލާއިންސާނީ ޢަމަލު ވަރަށް ހަރުކަށި ޢިބާރާތުން ކުށްވެރި ކުރާ ކަމަށް ތަކުރާރު ކޮށް ބުނަމެވެ."
އަދި މި ހިނދުން މި ހިނދަށް ސަބްރީ ދޫކޮށްލުމަށް ފުލުހުންނަށާއި ޕެނިޓެންޝަރީ އަށް ގޮވާލާ ކަމަށް އަދުހަމް ނެރުއްވި ބަޔާނުގައިވެ އެވެ.