Last Updated: November 26, 16:25
Tuesday, November 26, 2024
ދުނިޔެ

ކޮވިޑުގެ އާ ވައިރަހާއި ގުޅިގެން ސައުދީ ބޯޑަރު ބަންދުކޮށްފި

ސައުދީ އެއާޕޯޓު، ފޮޓޯ: ގަލްފްނިއުސް

އިނގިރޭސިވިލާތާއި ޔޫރަޕްގެ ބައެެއް ގައުމުތަކުން ކޮވިޑު-19ގެ އާ ވައިރަހެއް ފެނުމާއި ގުޅިގެން ސައުދީ އަރަބިއާގެ ބޯޑަރު އަނެއްކާވެސް ބަންދުކޮށްފިއެވެ.

ސައުދީގެ ނޫސް އެޖެންސީ ތަކުން ހަބަރުދޭ ގޮތުގައި އެގައުމަށް އެއްގަމާއި ވައިގެ މަގުން އެތެރެވުން ވަގުތީގޮތުން ވަނީ މަނާކޮށްފައެވެ. އަދި މި ނިންމުން ހަފްތާއަކަށް ދިގުދެމިގެންދާނެ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

ބައިނަލް އަގްވާމީ ދަތުރުތަކަށް ސައުދީ ބަންދު ކުރި ނަމަވެސް މިހާރު އެގައުމަށް ޖައްސާފައިވާ ބޯޓުތަކަށް ފުރުމުގެ ހުއްދަ ދިނުމަށް ވަނީ ނިންމާފައެވެ.

އިނގިރޭސިވިލާތުން ފެނުނު ކޮރޯނާ ވައިރަހުގެ ނުރައްކާ ވަރަށް ބޮޑުކަމަށް އެގައުމުގެ ސިއްޙީ އޮފިޝަލުން ވަނީ ދީފައެވެ. އެހެންވެ އެގައުމުގެ ރައްޔިތުން އެހެން ގައުމުތަކަށް ފުރުން ވަނީ މަނާކޮށްފައެވެ.

ކޮރޯނާ ވައިރަހުގެ އާ ބާވަތެއް ފެނިފައި މިވަނީ ބައްޔަށް ވެކްސިނެއް ހޯދައި، އެ ވެކްސިން ދިނުމަށް ގައުމުތަކުން ތައްޔާރުވަމުން ދަނިކޮށެވެ.