އައިޑީކާޑާއި ޕާސްޕޯޓް އަދި ޑްރައިވިން ލައިސަންސްގެ މުއްދަތު ހަމަވެފައި ވީނަމަވެސް އެޑޮކިއުމެންޓްތައް ބޭނުން ކޮށްގެން އެތެރޭގެ ދަތުރުތައް ކުރެވޭ ގޮތައް މީގެ ކުރިން ހަމަޖައްސާފައި އޮތް އުސޫލަށް ބަދަލުގެނެސް، މުއްދަތު ހަމަވެފައިވާ ޑޮކިއުމެންޓް ދައްކައިގެން ދަތުރު ނުކުރެވޭ ގޮތައް އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ނިންމައިފިއެވެ.
އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ވިދާޅުވީ ޖަނަވަރީ 01 ވަނަ ދުވަހުން ފެށިގެން ދަތުރުކުރާ ފަރާތްތައް ދެނެގަންނަން މުއްދަތު ހަމަވެފައިވާ އައިޑީކާޑާއި ޕާސްޕޯޓް އަދި ޑްރައިވިން ލައިސަންސް ބޭނުން ނުކުރާނެ ކަމަށެވެ.
އަދި މިއަދުން ފެށިގެން ދަތުރުކުރުމުގެ ފުރިހަމަ ހުއްދަ ލިބޭނީ މުއްދަތު ހަމަވެފައިނުވާ މިފަދަ މުހިއްމު ލިޔެކިޔުންތައް ހުށައެޅުމުން ކަމަށެވެ.
ސެކިއުރިޓީ ޗެކްޕޮއިންޓް ތަކުން 1 ޖަނަވަރީ 2021ން ފެށިގެން އެތެރޭގެ އުދުހުން ތަކުގައި ދަތުރު ކުރައްވާ ދިވެހިން ގެ ބަލައިގަންނާނީ ހަމައެކަނި މުއްދަތު ހަމަނުވާ އައިޑާ ކާޑް، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް އެވެ.@MaldivianAero @MantaAir @VillaAir_Flyme @MACLmedia @MoTCAmv
— AVSECOM (@AVSECOMmv) January 2, 2021
މުއްދަތު ހަމަވެފައިވާ ލިޔެކިޔުންތައް ބޭނުން ކޮށްގެން ދަތުރު ކުރެވޭ ގޮތަށް އޮގަސްޓް މަހުގެ ނިޔަލަށް ހަމަޖެއްސުމަށްފަހު އަނެއްކާވެސް ޑިސެމްބަރު މަހުގެ 31 ގެ ނިޔަލަށް ހަމަޖެއްސީ ކޮވިޑް 19 އާއި ގުޅިގެންނެވެ.