Last Updated: February 9, 05:47
Sunday, February 9, 2025
ޚަބަރު

ދެކުނަށް މޫސުން ގޯސްވެ، ވައިޓް އެލާޓް ނެރެފި

ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވުމާ ގުޅިގެން ވައިޓް އެލާޓް ނެރެފި އެވެ.

މެޓް އޮފީހުން ވައިޓް އެލާޓް ނެރެފައިވަނީ ލ.އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށެވެ. މި އެލާޓް ނެރެފައިވަނީ ހެނދުނު 6:30 ޖެހުމާ ހަމައަށެވެ.

މި ވަގުތުތަކުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.

އަދި ދެކުނުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި އެހެންހިސާބުތަކު ކަނޑުތައް އާދައިގެވަރަކަށް މަޑުވާނެ ކަމަށާއި ވިލާގަނޑުގައި ހުރިހައި ހިސާބަކަށްވެސް ކަނޑުތައް ގަދަ ވާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ. ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް ލަފާކުރެވޭތީވެ ހުރިހައި ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް މެޓުން ވަނީ އިލްތިމާސްކޮށްފައެވެ.