Last Updated: April 16, 08:04
Wednesday, April 16, 2025
ޚަބަރު

ފުލުހުންގެ ތަހުގީގަށް މީހަކު ހޯދަނީ

ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ ހިޔާނާތުގެ މައްސަލައަކާއި ގުޅިގެން މީހަކު ހޯދުމަށް އިއްލާންކޮށްފިއެވެ.

ފުލުހުން ހޯދަމުން ދަނީ ޏ.ފުވައްމުލައް، ދަޑިމަގު. ބޮޑުކެކުރިގެ، އުމުރުން 41 އަަހަރުގެ މުޙައްމަދު އަޒުހާރު ކަމަށެވެ.

ފުލުހުން ވަނީ މުޙައްމަދު އަޒުހާރާގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަމްބަރު 9631696 ށް ގުޅުއްވައި މައުލޫމާތު ހިއްސާކުރުމަށް އެދިފައެވެ. އަދި މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް އެ އިދާރާއިން ވަނީ ޝުކުރުއަދާކޮށްފައެވެ.

ހިޔާލު ފާޅުކުރައްވާ