ގއ. ދެއްވަދޫގައި ކޮވިޑު-19 ފެތުރިފައިވަނީ ކަރަންޓީނުގައި ތިބި މީހުންނަށް ނުބައި މައުލޫމާތެއް ދެވިގެން ކަމަށް ހެލްތު އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.
ހޯމް ކަރަންޓީނުގައި ހުރި ކުޑަ ކުއްޖަކާއި ކޮންޓެކްޓުވެ އެރަށުން މިހާތަނަށް 7 މީހަކު ކޮވިޑު-19 އަށް ވަނީ ޕޮޒިޓިވްވެފައެވެ. އަދި އެރަށް ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ.
އެޗްއީއޯސީން އިން ބޭއްވި ނޫސް ކޮންފަރެންސެއްގައި ﷲރ. ނަޒްލާ ވިދާޅުވީ ހޯމް ކަރަންޓީނުގައި ތިބި މީހުންނަށް ނަތީޖާ ލިބުމުގެ ކުރިން އެބޭފުޅުންނަށް ނުބައި މައުލޫމާތެއް ފޯރުކޮށްދިނުމާއެކު ކަރަންޓީނުން ރިލީސްކުރުވިފައިވާ ކަމަށެވެ. އަދި އެމީހުންނާއި ކޮންޓެކްޓުވި 6 މީހެއްގެ ސާމްޕަލް ނަގައި ޓެސްޓު ކުރި އެމީހުން ޕޮޒިޓިވްކަމަށް ނަޒްލާ ވިދާޅުވިއެވެ.
އެ ކުއްޖާ އުރި މީހުން އަޅުގަނޑުމެން މި މަހުގެ ހައެއްގައި ޓެސްޓު ހެދި އިރު އެކަކު ޕޮޒިޓިވް. ދެން އޭނާގެ ކޮންޓެކްޓް ޓްރޭސިން އިއްޔެ ހެދި އިރު، އޭނާއާ ގުޅުން ހުރި އިތުރު ހަ މީހަކު ވަނީ ޕޮޒިޓިވްވެފައި،"
ޑރ. ނަޒްލާ ވިދާޅުވީ އެ ރަށް މޮނިޓަރިންގެ ހާލަތުގައި ބާއްވައިގެން ރަށުގެ ހާލަތު ބެލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.