Last Updated: April 23, 22:45
Wednesday, April 23, 2025
ޚަބަރު

ލ. ގަމާއި ފޮނަދޫއަށް އެރުން މަނާކޮށްފި

ލ. ފޮނަދޫން 4 މީހަކު ކޮވިޑު-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން ލ. ގަމާއި ފޮނަދޫއަށް އަރައި ފޭބުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މަނާކޮށްފިއެވެ.

އެޗްޕީއޭއިން މިރޭ ބުނީ ގއ ދެއްވަދޫއިން ލ. ފޮނަދޫއަށް ދަތުރުކުރި 4 މީހަކު ކޯވިޑް-19ގެ އަލާމާތްތައް ހުރެގެން ޕީ.ސީ.އާރު ޓެސްޓް ހެދިއިރު ވަނީ ޕޮޒިޓިވްވެފައި. ވީމާ، ކޮންޓެކްޓް ޓްރޭސިންގ ނިމެންދެން ލ. ފޮނަދޫ އާ އެއްފަސް ވެފައިވާ ރަށްތައް ވަނީ މޮނިޓަރިންގ އަށް ލެވިފައިކަމަށެވެ. އެގޮތުން މޮނިޓަރިންނަށް ލެވިފައިވަނީ ލ. ފޮނަދޫ އާއި ލ. ގަމެވެ.

ފޮނަދޫން ކޮވިޑު-19 އަށް އެންމެ ފުރަތަމަ ޕޮޒިޓިވްވީ ދެމީހުންނަކީ ގއ. ދެއްވަދޫއިން އެރަށައް އައި ދެމީހެކެވެ.