Last Updated: April 23, 17:43
Wednesday, April 23, 2025
ޚަބަރު

ފުވައްމުލަކު ނެރުތައް ބަންދު ކުރަން ފެޓިޝަން ކައުންސިލަށް!

ފުވައްމުލަކު ސިޓީގެ ހުޅަގުފަރާތުގައި ހުރި ނެރުތައް ބަންދުކުރުމާއި ގުޅޭ ޕެޓިޝަން ފުވައްމުލަކު ސިޓީ ކައުންސިލަށް ހުށަހަޅައިފިއެވެ.

ފުވައްމުލަކުގެ ބަނދަރު ހެދުމުގެ ކުރިން އެރަށައް ފޭބުމަށް ފަރު ގޮއްވައިގެން ހަދާފައިވާ ނެރުތައް ބަންދު ކުރުމަށް ޕެޓިޝަން ހަދާފައިވަނީ މިދިޔަ ހޮނިހިރު ދުވަހު ފުވައްމުލަކު މާނޭރު ސަރަހައްދަށް މޫދަށް ގޮސް އުޅުނު އެރަށު ޔޫރޯ އަހުމަދު ފައުޒާން ގެނބިގެން މަރުވުމާއި ގުޅިގެން ނެރުތައް ބަނދު ކުރުމުގެ އަޑު ގަދަވެފައި ވަނިކޮށެވެ.

"ވަން ފުވައްމުލައް" ޖަމްމިއްޔާއިން ކުރިއަށްގެންދިޔަ ޕެޓިޝަން މިއަދު ފުވައްމުލަކު ސިޓީ ކައުންސިލާއި ހަވާލުކުރުން. މިޕެޓިޝަން ފުވައްމުލަކު ސިޓީ ކައުންސިލުން ހަވާލުވީ މޭޔަރ އަބްދުﷲ ފަލާހުއެވެ. އަދި ޕެޓިޝަން ކައުންސިލާއި ހަވާކުރީ އަހްމަދު ފައުޒަންގެ އެންމެ ގާތް ދެ ރަހްމަތްތެރިންނެވެ.

ފުވައްމުލަކުގައި މީގެ ކުރިންވެސް މިފަދަ ނެރުތަކަށް ދަމައިގަނެ އެތައް ބަޔަކު ވަނީ މަރުވެފައެވެ.