Last Updated: April 23, 17:43
Wednesday, April 23, 2025
ޚަބަރު

ޝީ ވެޑިން ކްލަސްޓަރ: ޕޮޒިޓިވްވީ މީހުންގެ އަދަދު 100 އަށް

ޝީ ބިލްޑިންގުގައި ބޭއްވި ކައިވެނި ޕާޓީއިން ކޮވިޑު-19އަށް ޕޮޒިޓިވްވީ މީހުންގެ އަދަދު 100 އަށް އަރައިފިއެވެ.

އެޗްޕީއޭއިން މިރޭ ބުނީ ޝީ ބިންޑިންގައި ބޭއްވި ކައިވެނި ޕާޓީއަށް ދިޔަ މީހުންގެ ތެރެއިން މިހާތަނަށް 68 މީހަކު ޕޮޒިޓިވްވެފައިވާ އިރު އެމީހުންގެ ކޮންޓެކްޓުގެ ތެރެއިން 32 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.

އެޗްޕީއޭއިން ބުނީ މި ކްލަސްޓާ އާއި ގުޅިގެން މިހާތަނަށް 300 ކޮންޓެކްޓްސް ހޯދާފައިވާ އިރު 401 މީހެއްގެ ސާމްޕަލް ނަގާފައިވާ ކަމަށެވެ.