Last Updated: April 29, 11:52
Tuesday, April 29, 2025
ޚަބަރު

ގާޒީ ސްކޫލުން ޓީޗަރެއް، ޖަމާލުއްދީނުން ދަރިވަރަކު ޕޮޒިޓިވް ވެއްޖެ

ގާޒީ ސްކޫލުން ޓީޗަރަކާއި ޖަމާލުއްދީން ސްކޫލުން ދަރިވަރަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އެޗްއީއޯސީން ބުނީ ގާޒީ ސްކޫލުން މިއަދު ޕޮޒިޓިވް ވެފައިވަނީ ގްރޭޑް އެކަކަށް ކިޔަވައިދެމުން އަންނަ ޓީޗަރެއް ކަމަށާއި މިހާތަނަށް 12 ކޮންޓެކްޓުން ފާހަގަވެފައިވާ ކަމަށެވެ. އެ ހުރިހާ ކޮންޓެކްޓުންނަކީ ވެސް ޓީޗަރުންނެވެ.

ޖަމާލުއްދީން ސްކޫލުން މިއަދު ޕޮޒިޓިވްވި ދަރިވަރަކީ ގްރޭޑް 9 އެއްގައި ކިޔަވަމުން އައި ދަރިވަރަކެވެ. މިހާތަނަށް ކޮންޓެެކްޓުންގެ ގޮތުގައި ހަތަރު ދަރިވަރަކު ފާހަގަކުރެވިފައިވާ ކަމަށް އެޗްއީއޯސީން ބުނެއެވެ.

މީގެއިތުރުން ބިލަބޮންގް ހައި ސްކޫލުން ވެސް ހަތަރު ދަރިވަރަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.

މިދިޔަ އާދިއްތަ ދުވަހު ރާއްޖޭގެ ސްކޫލުތަކުގައި ދެވަނަ ޓާމްގެ ކިޔެވުން ފަށާފައިވާއިރު މީގެ ކުރިން އަމީނިއްޔާ ސްކޫލުގައި ކިޔަަވައިދޭ ޓީޗަރެއް ވެސް ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.

ރާއްޖެއިން މިހާތަނަށް 14،000 އަށް ވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު މި ބަލީގައި 49 މީހަކު ވަނީ ނިޔާވެފައެވެ.