ހާލުދެރަ ބަލި މީހަކު އެމްއެންޑީއެފް ސަދަން އޭރިއާގެ އެހީތެރިކަމާ އެކު ކުރަނގި ހެލިކޮޕްޓަރުގައި ފުވައްމުލަކުން ސ. ގަމަށް ގެންގޮސް ދީފި އެވެ.
އިއްޔެ ހަވީރު 18:30 ހާއިރު ގަމަށް ގެންގޮސް ދީފައި ވަނީ ފުވައްމުލަކު، 53 އަހަރުގެ ސޮފިއްޔާ އަޙްމަދެވެ.
މި އަންހެން މީހާއަކީ ސިކުނޑީގެ ބައްޔެއް ހުންނަ މީހެއް ކަމަށާއި އޭނާ ގަމަށް ގެންގޮސް ދީފައި ވަނީ ފުވައްމުލަކު ކައުންސިލުން އެދިގެން ކަމަށް ސަދަން އޭރިއާ އިން ބުންޏެވެ.
ސަދަން އޭރިއާ އިިން ބުނީ ސޮފިއްޔާ ގަމަށް ގެންދިއުމަށް ފަހު ފޭދޫ ސިއްހީ މަރުކަޒަށް ގެންދެވިފައި ކަމަށާއި ފަހުން ރޭ އައިލެންޑް އޭވިއޭޝަންގެ ފްލައިޓަކުން މާލެ ގެންގޮސްފައިވާ ކަމަށެވެ.