ބަރަހަނާ ހާލުގައި އިސްލާމީ މަރުކަޒަށް ވަދެފައިވަނީ ނަފްސާނީ މައްސަލަ ހުންނަ މީހެއްކަމަށް ފުލުހުން ބުނެފި އެވެ.
ބްރާސްފަތި ދުވަހުގެ ރޭ ބަރަހަނާ ހާލުގައި އިސްލާމީ މަރުކަޒުގެ މިސްކިތްބަޔަށް ވަތް މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައ އިރު އެމީހާ މިހާރު ވަނީ ދޫކޮށްލާފަ އެވެ.
ފުލުހުން ބުނެފައިވަނީ އޭނާ އަކީ ނަފްސާނީ މައްސަލަ ހުންނަ މީހެއްކަމަށާއި، އޭނާގެ ސްޕޮންސަރާއާ ގުޅިގެން އޭނާ ބަންގްލަދޭޝަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ.
ބަރަހަނާ ހާލުގައި ހުރެ މިސްކިތަށްވަދެ އަޑުގަދަ ކުރުމުގެ މި ހާދިސާ ހިނގާފައިވަނީ ބްރާސްފަތި ދުވަހުގެ އިޝާ ނަމާދަށްފަހު އެވެ.