ކޮވިޑް-19 އާއި ގުޅިގެން އަވަށްޓެރި ސްރީލަންކާގެ އެއަރޕޯޓްގެ ވައިގެ ބަނދަރު އަލުން ހުޅުވާލައި އެގައުމަށް ދަތުރުކުރުމުގެ ހުއްދަ 40 އެއާލައިނަކަށް ދޭން ނިންމައިފިއެވެ.
އެގޮތުން ސްރީލަންކާގެ ސިވިލް އޭވިއެޝަން އާއި ހަވާލާދީ ލަންކާގެ ނޫސް ތަކުން ހާމަކޮށްފައިވާ ގޮތުން ސްރީލަންކާ އަށް ވައިގެ މަަގުން ދަތުރުކުރަން ފުރުސަތު ދެވުނު 40 އެއާލައިންގެ ތެރެއިން އެންމެ ފަހުން ހުއްދަ ދިން ގައުމުތަކުގެ ތެރޭގައި ރާއްޖޭގެ މޯލްޑިވިއަން ވެސް ހިމެނޭ ކަމަށެވެ.
ނަމަވެސް މޯލްްޑިވިއަން އަދި މިކަމާއި ގުޅޭގޮތުން ވަކި އެއްޗެއް އަދި ބުނެފައެއް ނުވެއެވެ.
މޯލްޑިވިއަން އިން މިދިޔަ މަހުގެ ފަހުކޮޅު ވަނީ ސްރީލަންކާގެ މައްތަލަ ރާޖަޕަކްސާ އިންޓަނޭޝަނަލް އެއާޕޯޓަށް ޗާޓަރު ދަތުރުތަކެއް ވެސް ކޮށްފައެވެ.
ސްރީލަންކާއަކީ މޯލްޑިވިއަން އިން ޝެޑިއުލް ދަތުރުތައް ކުރާ ގައުމެއް ނޫނެވެ.