ޓިއުޝަން ކުލާސްތަކާއި ޤުރުއާން ކުލާސްތައް ހުޅުވައި ހިދުމަތް ދިނުމުގެ ހުއްދަ އެޑިއުކޭޝަން މިނިސްޓްރީން ދީފި އެވެ.
އެޑިއުކޭޝަނުން މިއަދު ބުނީ އެޗްޕީއޭ އިން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ޓިއުޝަން ކްލާސްތަކާއި ގުރުއާން ކްލާސްތައް ހުޅުވައި ހިންގުމުގެ ހުއްދަ އެ އެޖެންސީން ދީފައިވާ ކަމަށެވެ. އެހެންކަމުން މިނިސްޓްރީގައި ރަޖިސްޓްރީކޮށްގެން ހިންގާ ޓިއުޝަން އަދި ގުރުއާން ކްލާސްތައް މިއަދުން ފެށިގެން ހުޅުވައިގެން ހިދުމަތް ދިނުން އެންމެ ރަނގަޅު ކަމަށް މިނިސްޓްރީން ބުނެއެވެ.
އެގޮތުން އެ ތަންތަން ހިންގަން ވާނީ ކޮވިޑުން ރައްކާތެރިވުމަށް އެކުލަވާލާފައިވާ އެންމެހާ އުސޫލުތަކާއި މިންގަނޑުތަކަށް ފެތޭ ގޮތަށް، ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްފަހު ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.