Last Updated: November 23, 21:59
Saturday, November 23, 2024
ޚަބަރު ކޮރޯނާ ވައިރަސް

ޕޭޝެންޓުންތަކެއް ޕޮޒިޓިވްވެ އޭޑީކޭގެ އެޗްޑީޔޫ ބަންދުކޮށްފި

އޭޑީކޭ ހޮސްޕިޓަލުގެ ހައި ޑިޕެންޑެންސީ ޔުނިޓު (އެޗްޑީޔޫ)އިން ފަރުވާ ހޯދި ތިން މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމުން އެ ހޮސްޕިޓަލްގެ އެޗްޑީޔޫ ބަންދުކޮށްފި އެވެ.

ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އިން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުމުގައި ވާހަކަ ދައްކަވަމުން ޑރ. ނަޒްލާ ރަފީގް ވިދާޅުވީ އެމީހުން ކޮވީޑް-19 އަށް ޕޮޒިޓިވް ވުމާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ.

އަދި އެޗްޑީޔޫ ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ކުރަމުން އަންނާތީ ވަގުތީގޮތުން އެތަން ބަންދުކޮށްފައިވާ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ. އަދި ކޮންޓެކްޓްވި ސްޓާފުން މިވަގުތު ތިބީ ކަރަންޓީންގައި ކަމަށާއި، ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ޓެސްޓް ކުރި އެއްވެސް ފަރާތެއް އަދި ބައްޔަށް ޕޮޒިޓިވްވެފައި ނުވާކަމަށް ވެސް މައުލޫމާތުދީފައިވެ އެވެ.

ޑރ. ނަޒްލާ ވިދާޅުވީ އެޗްޑީޔޫ ބަންދު ކުރި ނަމަވެސް، ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި އެކު އެހެން ހިދުމަތްތައް އެ ހޮސްޕިޓަލުން ލިބޭނެ ކަމަށެވެ.