Last Updated: November 23, 21:40
Saturday, November 23, 2024
ޚަބަރު ކޮރޯނާ ވައިރަސް

އިންކަލް ސަޕޯޓް އެލަވެންސަށް 21.6 މިލިއަށް ޑޮލަރު ދޭން ވޯލްޑް ބޭންކުން ނިންމައިފި

ވޯލްޑް ބޭންކްގެ ވަފުދާ ރައީސް މީގެ ކުރިން ބައްދަލުކުރެއްވުން-- ފޮޓޯ: ރައީސް އޮފީސް

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގައި ހާލުގައި ޖެހުނު ފަރާތްތަކަށް ސަރުކާރުން ދެމުން އަންނަ އިންކަމް ސަޕޯޓް އެލަވެންސަށް 21.6 މިލިއަން ޑޮލަރު ދިނުމަށް ވޯލްޑް ބޭންކުން ނިންމައިފި އެވެ.

ވޯލްޑް ބޭންކުން އިތުރަށް ހަމަޖެހުނު ފައިސާއާ އެކު ކޮވިޑް-19 އިމަޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓަށް 34.4 މިލިއަން ޑޮލަރު ލިބުނީ އެވެ. އޭގެ ތެރޭގައި، އައިޑީއޭ އިން ދީފައިވާ 6.4 މިލިއަން ޑޮލަރުގެ ހިލޭ އެހީ އާއި 6.4 މިލިއަން ޑޮލަރުގެ ލޯނު އެހީ ވެސް ހިމެނެ އެވެ. މިދިޔަ އަހަރުގެ އޭޕްރީލްގައި ވޯލްޑް ބޭންކުން 7.3 މިލިއަން ޑޮލަރުގެ އަވަސް އެހީގެ ޕެކޭޖެއް ރާއްޖެއަށް ދީފައިވެ އެވެ.

އިންކަމް ސަޕޯޓް އެލެވަންސްގެ ގޮތުަގއި ސަރުކާރުން ދެމުން އަންނަނީ 5000 ރުފިޔާ އެވެ.

ވޯލްޑް ބޭންކުން ރާއްޖެ، ސްރީލަންކާ އަދި ނޭޕާލްއަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު ފާރިސް އެޗް ހަދާދު ޒާވޮސް ވިދާޅުވީ ޕެންޑެމިކްގެ ސަބަބުން ވަޒީފާއަށް ކުރާ އަސަރު މިއަހަރުގެ ބޮޑު ބަޔަކަށް ދެމިގެންދާނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި އިތުރު ފައިސާއާއެކު ކޮވިޑް19 އިމަޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓް ފުޅާކުރުމުގެ ސަބަބުން، ރާއްޖޭގައި ވަޒީފާ އަދާކުރާ ފަރާތްތަކުގެ އަސާސީ ހަރަދުތައް ފޫބެއްދުމަށް ބޭނުންވާވަރުގެ އާމްދަނީއެއް ލިބުމަށް އެހީއަކަށް ވެގެންދާނެ ކަމަށް ދެކޭކަމަށްވެސް އޭނާ ވިދާޅުވި އެވެ.