Last Updated: December 22, 16:50
Sunday, December 22, 2024
ޚަބަރު

"ފަހި ދުވަސް" މިއަދު ހަވީރު

ފޮޓޯ: ކެމްޕަސް ފޭސްބުކް ޕޭޖް

މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ "ފަހި ދުވަސް" މިއަދު ހަވީރު ފެށޭނެކަމަށް ހިތަދޫ ކޮލެޖް ކެމްޕަހުން ބުނެފިއެވެ.

ކުރިއަށް އޮތް އަހަރު ޔުނިވާސިޓީން ކުރިއަށްގެންދާ ކޯސްތަކާއި ގުޅޭ ގޮތުން ކޮންމެ އަހަރަކު ކުރިއަށްގެންދާ "ފަހި ދުވަސް" ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 4:00 ޖަހާއިރު ހިތަދޫގައި ހުންނަ ޔުނިވާސިޓީ ކެމްޕަހުގައިއެވެ.

ޔުނިވާސިޓީގެ އެކި ފެކަލްޓީ ތަކުން ކުރިއަށް ގެންދާ ކޯސްތަކާއި ގުޅޭ މައުލޫމާތުގެ އިތުރުން ކޯސްތަކަށް އެޕްލައި ކުރުމުގެ ކަންތައް ތައް ވެސް މި ހަރަކަތުގެ ތެރޭގައި ކުރިއަށްދާނެ ކަމަށް ކެމްޕަހުން ބުނެއެވެ،

ކެމްޕަހުން ބުނީ އަންނަ އަހަރު އަލަށް ހިތަދޫ ކެމްޕަހުގައި ދިވެހި ބަހުގެ ޑިގްރީ ކޯސްތައް ފަށާނެކަމަށެވެ. މިހާރުވެސް ހިތަދޫގައި ނާސިން، ޓީޗިން އަދި ބިޒްނަސް ދާއިރާއިން ކޯސް ކުރިއަށް ގެންދެއެވެ.