Last Updated: April 23, 05:54
Wednesday, April 23, 2025
ޚަބަރު

އީސީއަށް އައްޔަން ކުރަން ޑރ. ޒާހިރުގެ ނަން ފޮނުވައިފި

އިލެކްޝަން ކަމިޝަން (އީސީ)ގެ ހުސްވެފައިވާ ގޮޑިއަށް އައްޔަން ކުރަން ޑރ. މުހައްމަދު ޒާހިރުގެ ނަން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ.

ކުރިން އިލެކްޝަން ކަމިޝަނުގައި މަސައްކަތް ކުރެއްވި ޑރ. ޒާހިރުގެ ނަން ރައްޔިތުންގެ މަޖްލީހަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފޮނުވާފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައެވެ.

އިލެކްޝަން ކަމިޝަންގެ މެމްބަރަކު މަދުވެފައިވަނީ އެކޮމިޝަން މެމްބަރު އަހުމަދު އަކުރަމް މިދިޔަ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހު އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.

އަކުރަމް އިލެކްޝަން ކަމިޝަންގެ މެމްބަރުކަމުން އިސްތިއުފާ ދެއްވާފައިވަނީ އެމަނިކުފާންގެ މައްޗަށް ކޮމިޝަންގެ މުވައްޒަފަކު ޖިންސީ ގޯނާގެ ތުހުމަތު ކުރައްވާފައިވަނިކޮށެވެ.