Last Updated: May 3, 01:04
Friday, May 2, 2025
ޚަބަރު

އައްޑޫގައި ކޮވިޑު ފެތުރުނީ ހާއްސަ ހުއްދައިގެ ދަށުން އައި މީހެއްގެ ފަރާތުން: ސޯބެ

އައްޑޫ ސިޓީ ހިތަދޫން ދެ މީހަކު ކޮވިޑު-19 އަށް ޕޮޒިޓިވްވީ މާލެއިން ހާއްސަ ހުއްދައިގެ ދަށުން ޓްރެއިނިން ދިނުމަށް އައި ބައެއްގެ ފަރާތުން ކަމަށް ގަބޫލް ކުރެވޭކަމަށް އައްޑޫ ސިޓީގެ މޭޔަރ އަބްދުﷲ ސޯދިގު (ސޯބެ) ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީ މޮނިޓަރިންއަށް ލުމާއި ގުޅިގެން މިރޭ "އައްޑޫ ލައިވް"އަށް މައުލޫމާތު ދެއްވަމުން ސޯބެ ވިދާޅުވީ މިއަދު ޕޮޒިޓިވްވީ ދެ މީހުންނަކީ އޭވިއޭޝަން ކޮމާންޑުގެ ޓްރެއިނިންގ އަށް މާލެއިން އައި ބަޔަކާއި ކޮންޓެކްޓު ވެފައިވާ ބައެއް ކަމަށެވެ.

"މިއަދު ޕޮޒިޓިވްވީ ދެ މީހުންނަކީ އޭވިއޭޝަން ކޮމާންޑުގެ ފަރާތުން ގަމުގައި ބޭއްވި ޓްރެއިނިންގ އަކަށް ދިޔަ ބައެއް، އެހެންވީމާ ބޮޑަށް ބެލެވެނީ އެ ޓްރެއިނިންގ ތެރެއިން ބައްދަލުވެ ބަލި ފެތުރުނީހެން" ސޯބެ ވިދާޅުވިއެވެ.

ސޯބެ ވިދާޅުވީ އެ ޓްރެއިނިންގ އަށް އެއާޕޯޓުގައި މަސައްކަތް ކުރާ އެހެން މުވައްޒަފުން ގޮސްފައިވާ އިރު އެންމެންގެ ކޮންޓެކްޓު ޓްރޭސިންގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ޒަރޫރީ ބޭނުމެއްގައި ނޫން ގޮތަކަށް އައްޑޫގެ އެއް އަވަށުން އަނެއް އަވަށަށް ދަތުރުކުރުން މިހާރު މަނާ ކުރެވިފައިވާ ކަމަށެވެ.

" މަސައްކަތް މިކުރަނީ ވީހާވެސް ބޮޑަށް މޫވްމަންޓު މަދު ކުރެވޭތޯ، ބަލި ފެތުރިފައިވާ މިންވަރު އަދި ނޭގޭ، އެހެންވެ މޫވްމަންޓު މަދުކޮށް ކޮންޓެކްޓު ޓްރޭސިންގެ މަސައްކަތް އަވަސް ކުރުމަށް މަސައްކަތް މި ކުރަނީ"

މާލޭގައި ކޮވިޑު ފެތުރުނުތާ އަހަރެއް ފަހުން މިއަދު ހިތަދޫން ދެ މީހަކު ކޮވިޑަށް ޕޮޒިޓިވްވީ ރޯގާ ޖެހިގެން ހިތަދޫ ފްލޫ ކްލިނިކަށް ދެއްކުމުން ޓެސްޓު ކުރުމުންނެވެ. މިއަދު ޕޮޒިޓިވްވި ދެމީހުންނަކީ ވެސް މޯލްޑިވިއަންގައި މަސައްކަތް ކުރާ ދެ މީހުންނެވެ.

ހިޔާލު ފާޅުކުރައްވާ 2ކޮމެންޓް

މޫރިތި

ނިއެގޭވާހަކަ ނިދައްކަ

މޫސާ

ނިޒާރު މިއޮތީ ވަގުތު ލިބިފަ މޭޔަރު ކަމައް ކެންޕޭނު ކުރަން އަވަހައް ވަގުތުގެ ބޭނުން ހިފާ ސޯބެޔާ ދިމާލަ ހަވާ އޭރުން މިފަހަރު މޭޔަރުކަމުގަ ގޮޑި ޔަގީން ވާނެ