Last Updated: April 22, 21:04
Tuesday, April 22, 2025
ޚަބަރު

ތިނަދޫ ހޮސްޕިޓަލްގެ އޯޕީޑީ ހިދްމަތް މެދުކަނޑާލައިފި

ގދ. ތިނަދޫން މީހަކު ކޮވިޑު-19އަށް ޕޮޒިޓިވްވުމާއި ގުޅިގެން އެރަށް މޮނިޓަރިންނަށް ލުމާއި ގުޅިގެން ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ އޯޕީޑީގެ ހިދްމަތް ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ.

ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ތިނަދޫއިން ކޮވިޑު-19ގެ ކޭސްއެއް ފެނުމާއި ގުޅިގެން ތިނަދޫ މޮނިޓަރިންގ އަށް ލެވިފައިވުމުން، ހޮސްޕިޓަލުގައި މަސައްކަތްކުރައްވާ ޚާއްސަ ބަލިތަކުގެ ޑޮކްޓަރުންގެ އޯޕީޑީތައް މޮނިޓަރިންގ އުވާލެވެންދެން މެދުކަނޑާލާފައިވާ ކަމަށެވެ.

ނަމަވެސް އެކްސިޑެންޓު އަދި އިމަޖެންސީގައި ދޭން ޖެހޭ ފަރުވާ 24 ގަޑިއިރު ލިބޭނެކަމަށް ހޮސްޕިޓަލުން ބުނެއެވެ.

ތިނަދޫން ކޮވިޑު-19 އަށް ޕޮޒިޓިވްވެފައިވަނީ ގދ. ކާޑެއްދޫ އެއާޕޯޓުގައި މަސައްކަތް ކުރާ މުވައްޒަފެކެވެ. އޭނާ އަކީ ސ. ހިތަދޫން ކޮވިޑު-19 އަށް ޕޮޒިޓިވްވީ މީހުންނާއި އެއްކޮށް ސ. ގަމުގައި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ބޭއްވި ޓްރެއިނިންއަށް ދިޔަ މީހެކެވެ. މި ކްލަސްޓަރ އިން މިހާތަނަށް 7 މީހަކު ވަނީ ކޮވިޑު-19އަށް ޕޮޒިޓިވްވެފައެވެ.