Last Updated: November 22, 23:40
Friday, November 22, 2024
ޚަބަރު

ރައީސް ވަހީދުގެ ބައްޕާފުޅު އަވަހާރަވެއްޖެ

ޑރ. ވަހީދުގެ ބައްޕާފުޅު ހަސަން މަނިކު -

ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ބައްޕާފުޅު، ހަސަން އިބްރާހިމް މަނިކު(ހަނދުވަރު ހަސަންމަނިކު) އަވަހާރަވެއްޖެއެވެ.

އޭނާ އަވަހާރަވީ އާލާސްކަންފުޅެއްގައި އައިޖީއެމް ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާދެމުން ދަނިކޮށެވެ. ހަސަން އިބްރާހިމް މަނިކު އަވަހާރަވީ އުމުރުފުޅުން 92 އަހަރުގައެވެ.

އޭނާއަކީ ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި ދައުލަތަށް ގިނަ ގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ޚިދުމަތްތެރިއެކެވެ. ދިވެހި ސަރުކާރަށް ޚިދުމަތް ކުރެއްވުމުގައި ހަސަން މަނިކު 50 އަހަރު ހޭދަކުރައްވާފައިވެއެވެ.

އާއިލާ އިން މައުލޫމާތު ދޭ ގޮތުގައި ހަސަން މަނިކުގެ ކަށު ނަމާދު، މިއަދުގެ އަސްރު ނަމާދަށް ފަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.