ސ. ގަމުގައި ބޭއްވި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ޓްރެއިނިންއަށް ދިޔަ މީހުންނާއި ގުޅުން ހުރި ކްލަސްޓަރ (އޭވިއޭޝަން ކްލަސްޓަރ) އިން އިތުރު 3 މީހުން ޕޮޒިޓިވްވެ، ޕޮޒިޓިވްވީ މީހުންގެ ޖުމްލަ އަދަދު 18އަށް އަރައިފިއެވެ.
އައްޑޫގެ މޭޔަރ އަބްދުﷲ ސޯދިގު (ސޯބެ) ވިދާޅުވީ މި ކްލަސްޓަރ އާއި ގުޅުން ހުރި ގިނަ ބައެއްގެ ސާމްޕަލް ނަގާފައިވާކަމަށެވެ. އަދިވެސް ބައެއް މީހުންގެ ޓެސްޓު ނަތީޖާ ނުލިބޭކަމަށް ސޯބެ ވިދާޅުވިއެވެ. މިހާތަނަށް މިކްލަސްޓަރގެ ކޮންޓެކްޓުންގެ ގޮތުގައި 50 އަށް ވުރެ ގިނަ މީހުން ތިބިކަން ފާަގަ ކުރެވެއެވެ.
ގިނަ ބަޔަކު މި ކްލަސްޓަރ އާއި ގުޅިގެން ޕޮޒިޓިވްވަމުން އަންނާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްްގެ ގޮތުން ގެއިން ބޭރަށް ނުނިކުތުމަށް ސޯބެ ވަނީ އެދިވަޑައިގެންފައެވެ.
ތަފްސީލް އަންނަނީ…..