Last Updated: April 22, 21:04
Tuesday, April 22, 2025
ޚަބަރު

އައްޑޫން ފުވައްމުލަކަށް ދަތުރުކުރި ފަރާތްތައް އެކަހެރިވާން އެދެފި

އައްޑޫ ސިޓީން ކޮވިޑު-19ގެ ކޭސްތަކެއް ފެނުމާއި ގުޅިގެން ފާއިތުވި 14 ދުވަހުގެ ތެރޭގައި އައްޑޫން ފުވައްމުލަކަށް ދަތުރުކޮށްފައިވާ ފަރާތްތަކުން ހޯމް އައިސޮލޭޝަނަށް ދިއުމަށް ފުވައްމުލަކު ކައުންސިލުން އެދެފިއެވެ.

ފުވައްމުލަކު ކައުންސިލުން މިއަދު އާއްމުކުރި ބަޔާނެއްގައި ބުނީ ރައްކާތެރިކަމެއްގެ ގޮތުން ފާއިތުވި 14 ދުވަސް ތެރޭ އައްޑޫ ސިޓީއަށް ދަތުރުކޮށްފައިވާ ފުވައްމުލަކު ރައްޔިތުން ހޯމް އައިސޮލޭޝަނަށް ދިޔުމަށް އެދޭކަމަށެވެ. އަދި ކޮވިޑް19ގެ އެއްވެސް އަލާމަތެއް ފެނިއްޖެނަމަ ފުލޫ ކުލިނިކަށް ދެއްކެވުމަށްވެސް ކައުންސިލުން އެދެއެވެ.

ފަހަކަށް އައިސް ފުވައްމުލަކުގެ ގިނަ ބަޔަކު ސިއްހީ ހިދްމަތް ހޯދުމަށާއި، ތަފާތު އެކި ކަންކަމުގައި އައްޑޫ ސިޓީއަށް ދަތުރުކުރެއެވެ.

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން މިހާތަނަށް 18 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ އިރު ހުޅުމީދޫން 25 ބިދޭސީއަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.