Last Updated: November 25, 22:26
Monday, November 25, 2024
ޚަބަރު

ކޮންޓެކްޓު ޓްރޭސިން ނިމެންދެން އައްޑޫގެ ސްކޫލްތައް ބަންދު!

އައްޑޫ ސިޓީން ކޮވިޑު-19ގެ ގިނަ ކޭސްތަކެއް ފެނިފައިވާތީ ކޮންޓެކްޓު ޓްރޭސިން ނިމެންދެން ސްކޫލްތައް ބަންދުކޮށްފައި ބެހެއްޓުމަށް އައްޑޫ ސިޓީ ކައުންސިލުން އަންގައިފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން މިއަދު ކުރި އިއްލާނެއްގައި ބުނީ ޞިއްހީ ގޮތުން ބަލަންޖެހޭ ކަންކަން ބެލުމަށާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ހެލްތް ޕްރޮޓެކްޝަން އެޖެންސީން އައްޑޫ ސިޓީގެ މޮނިޓަރިންގ ހާލަތު އުވަންދެން ނުވަތަ ކައުންސިލުން ވަކިގޮތެއް އަންގަންދެން ބައެއް ފިޔަވަޅުތައް އަޅާފައިވާ ކަމަށެވެ.

ކައުންސިލުން އަޅާފައިވާ ފިޔަވަޅުތައް:

– އައްޑޫ ސިޓީގައި އެއް ގެއިން އަނެއް ގެއަށް ޒިޔާރަތް ނުކުރުން.

– އައްޑޫ ސިޓީ ތެރޭގައި އެއް ރަށުން އަނެއް ރަށަށް ދަތުރުނުކުރުން.

– އައްޑޫގައި ގާއިމްވެފައިވާ އޮފީސްތައް އާއްމު ޚިދުމަތްތަކަށް ބަންދުކޮށް، އޮންލައިންކޮށް ޚިދުމަތްދިނުން.

– ސްކޫލްތަކުގެ ކޮންޓެކްޓްރޭސިން ނިމެންދެން ސްކޫލްތައް ބަންދުކުރުން.

– ސެލޫން، ބޯކޮށާ ތަންތަން އަދި ޖިމްތައް ބަންދުކުރުން.

– ހުރިހާ ކުޅިވަރުގެ ހަރަކާތްތައް ހުއްޓާލުން.

– ޕާޓީތަކާއި، ޙަފްލާތަކާއި، ބައްދަލުވުންތަކާއި ރަސްމިއްޔާތުތައް އޮންލައިންކޮށް ކުރިޔަށް ގެންދިއުން.

– ޓެކްސީ ޚިދުމަތްފޯރުކޮށްދޭނަމަ، ޓެކްސީ ޚިދުމަތް ފޯރުކޮށްދިނުމުގައި އެޗް.ޕީއޭ އިން އެކުލަވާލާފައިވާ ގައިޑްލައިނާ އެއްގޮތަށް ކުރިއަށް ގެންދިއުން.

މީގެ އިތުރުންވެސް ބައެއް ގަޑިތަކުގައި ކާފިއު ހިންގުމަށް ކައުންސިލުން ވަނީ ނިންމާފައެވެ.