Last Updated: April 22, 16:38
Tuesday, April 22, 2025
ޚަބަރު

ހުޅުމީދޫގައި ވެކްސިން ދޭން ފަށަނީ

ހުޅުމީދޫގައި ކޮވިޑު ވެކްސިން ޖެހުމުގެ މަސައްކަތް މާދަމާ ފެށޭނެ ކަމަށް ހުޅުމީދޫ ސިއްހީ މަރުކަޒުން ބުނެފިއެވެ.

ހުޅުމީދޫ ސިއްހީ މަރުކަޒުގެ މެނޭޖަރ އިބްރާހިމް ޒުބެއިރު (އިބުރޭ) ވިދާޅުވީ ހުޅުމީދޫ ސިއްހީ މަރުކަޒުން މާދަމާ ވެކްސިން ޖަަހން ފަށާއިރު އެންމެ ފުރަތަމަ ވެކްސިން ޖެހުމަށް ނިންމާފައިވަނީ ސިއްހީ ހިދްމަތްތެރިންނަށްކަމަށެވެ. އަދި އޭގެ ފަހުން އުމުރުން 80 އަހަރުން މަތީގެ މީހުންނަށް ވެކްސިން ޖަހަމުންދާނެކަމަށެވެ.

ހުޅުމީދޫގައި ވެކްސިން ޖެހުމަށް މިއަދު ވަނީ އެރަށަށް 100 ޑޯޒް ވެކްސިން ގެނެސްފައެވެ. އެއީ އިންޑިއާއިން ރާއްޖެ ހަދިޔާ ކުރި "ކޮވިޝީލްޑު" ވެކްސިންްއެވެ.

އައްޑޫ ސިޓީގައި މިވަގުތު ކޮވިޑު ވެކްސިން ދެމުން އަންނަނީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގެ ފަރާތުން އައްޑޫ ހައި ސްކޫލްގައެވެ. އިއްޔެއިން ފެށިގެން އުމުރުން 55 އަަހަރުން މަތީގެ މީހުންނަށް އަންނަނީ ވެކްސިން ޖަހަމުންނެވެ.