Last Updated: April 19, 21:11
Saturday, April 19, 2025
ޚަބަރު ރައްޔިތުންގެ މަޖިލީސް

ސަރުކާރު އިދާރާތަކުގެ އިންޓަނެޓް ބޭނުންކޮށް ބަރަހަނާ ސައިޓުތަކަށް ވަންނަ މީހުން ގިނަ: ބޮންޑޭ

މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ)-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ސަރުކާރު އިދާރާތަކުގެ އިންޓަނެޓް ބޭނުންކޮށްގެން ބަރަހަނާ ވެބްސައިޓުތަކަށް ވަންނަ މީހުން ގިނަ ކަމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ބޮންޑޭ ވިދާޅުވީ، ސައްތައިން ސައްތަ އިސްލާމުންނޭ ބުނާއިރު، ކޮންމެ މީހެއްގެ ފޯނުން ވަދެގެން އުޅޭތަންތަން އިސްލާމިކް މިނިސްޓްރީން ބަލާ ފިޔަވަޅުއަޅަންޖެހޭ ކަމަށެވެ.

ސަރުކާރު އިދާރާތަކުގެ އިންޓަނެޓްގެ ހިދުމަތް ބޭނުންކޮށްގެން ބަރަހަނާ ސައިޓުތަކަށް ވަންނަ މީހުންގެ އަދަދު ގިނަ ކަމަށް ތުހުމަތުކޮށް ބޮންޑޭ ވިދާޅުވީ، ރާއްޖެއިން ބަރަހަނާ ވެބްސައިޓްތަކަށް ވަންނަ މީހުންގެ ތެރެއިން 60 އިންސައްތަ އަކީ ސަރުކާރުގެ އިދާރާތަކުން ވަންނަ މީހުން ކަމަށެވެ.

ބަރަހަނާ ސައިޓްތައް ބްކޮލް ކޮށްފި ނަމަ ރާއްޖޭގެ މުވާސަލާތީ ހިދުމަތްދޭ ތަންތަނަށް މާލީ ގެއްލުންވާނެ ކަމަށް ވެސް ބޮންޑޭ ތުހުމަތުކުރެއްވި އެވެ. އެގޮތުން ވިދާޅުވީ، ބަރަހަނާ ސައިޓްތައް ބްކޮލް ކޮށްފި ނަމަ ރާއްޖޭގެ މުވާސަލާތީ ހިދުމަތްދޭ ތަންތަނަށް 200 މިލިއަންގެ ގެއްލުންވާނެ ކަމަށެވެ. އަދި ސައިޓްތައް ބްލޮކް ނުކޮށް ހުންނަނީ އެ ސަބަބަބާއި ހުރެ ކަމަށާއި، އެހެންނަމަވެސް ސައިޓްތައް ބްލޮކް ކުރަންޖެހެކަމަށް ވިދާޅުވިއެވެ.