Last Updated: April 19, 21:11
Saturday, April 19, 2025
ޚަބަރު ރައްޔިތުންގެ މަޖިލީސް

މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދައިފި

މުހައްމަދު މަލީހް ޖަމާލް

ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހް ޖަމާލްގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވައްދައިފިއެވެ.

މަލީހްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދައިފައިވަނީ އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕް (ޕީޖީ)ގެ ލީޑަރު އަލީ އާޒިމްއެވެ.

އަލީ އާޒިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، މަލީހްގެ އިތުބާރު ނެތްކަމުގެ މައްސަލަ، އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާކަމަށެވެ.

މަލީހުގެ އިތުބާރު ނެތްކަމަށް އެމްޑީޕީގެ ޕީޖީ ގްރޫޕުން ފާސްކޮސް މަލީހާއި މެދު ފިޔަވަޅު އަޅައިދިނުމަސް ރައިސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކިބައިންވެސް ވަނީ އެދިފައެވެ. އެހެންނަމަވެސް މިހާތަނަށް އައިއިރުވެސް އެކަމުގައި ފިޔަވަޅެއް އަޅާފައިނުވެއެވެ.

މަލީހްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީ ޕީޖީއަށް މީގެ ކުރިން ހުށަހެޅީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމެވެ. އަދި އިއްޔެގެ ޖަލްސާގައި މީކާއިލް ވަނީ ޕީޖީގެ ނިންމުމާއި އެއްގޮތަށް އަމަލުކޮށްފައިނުވާތީ އެނިންމުން ތަންފީޒުކުރުމަށް ޕީޖީ ލީޑަރު އަލީ އާޒިމަށްވެސް ގޮވާލައްވާފައެވެ.