Last Updated: April 22, 11:53
Tuesday, April 22, 2025
ޚަބަރު

ރާއްޖެއަށް އިތުރު 5000 ވެކްސިން ލިބިއްޖެ

ރާއްޖެއަށް އިތުރު 5000 ވެކްސިން ޑޯޒް ލިބިފައިވާ ކަމަށް ސަރުކާރުން ބުނެފިއެވެ.

ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސް ކޮންފަރެންސްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތަރުޖަމާން މަބްރޫކު އަޒީޒު ވިދާޅުވީ ރާއްޖެއަށް އިތުރު 5000 ވެކްސިން މިއަދު ލިބިފައިވާ ކަމަށެވެ. އަދި އޭގެ ތަފްސީލް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން ދެއްވާނެ ކަމަށެވެ.

މަބްރޫކު ވިދާޅުވީ ސަރުކާރުން މިހާރުވެސް އިތުރު ވެކްސިން ރާއްޖެއަށް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މި މަހުގެ ތެރޭގައި އިތުރު 100،000 ޑޯޒް ވެކްސިން ލިބޭނެކަމަށް މަބްރޫކު ވިދާޅުވިއެވެ.

ކޮވިޑު-19 އިން ދިފާއުވުމަށް މިހާރު ރާއްޖޭގައި ޖަހަމުން އަންނަނީ އިންޑިއާއިން ހަދިޔާ ކުރި "ކޮވިޝީލްޑު" ވެކްސިންއެވެ.