އައްޑޫ ސިޓީގެ ކޮވިޑު އެކްޓިވް ކޭސް ތަކުގެ އަދަދު 55 އަށް އިތުރުވެއްޖެއެވެ.
ކޮވިޑު އެކްޓިވް ކޭސް ތަކުގެ އަދަދު އިތުރުވީ ފާއިތުވި 24 ގަޑި އިރު ތެރޭ އިތުރު 6 މީހަކު ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ.
މި ވަގުތު އައްޑޫ ސިޓީގައި އޮތީ ކޮވިޑު ދެ ކްލަސްޓަރ އެވެ. އެއީ އެޗްޕީއޭގެ ގައިޑުލައިން އާއި ހިލާފަށް އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ މުވައްޒަފުންތަކެއް ގ. ގަމަށް އައިސް ބޭއްވި ޓްރެއިނިންއަކަށް ފަހު އުފެދުނު ކްލަސްޓަރ އާއި ހުޅުމީދޫ އެމްޓީސީސީ ސައިޓު ކުލަސްޓަރއެވެ.
އެމްޓީސީސީ ސައިޓުގައި މިވަގުތު ކޮވިޑު އެކްޓިވް ކޭސްގެ އަދަދީ 26 އެވެ. މީގެ އިތުރުން ދުބާއީއިން އައްޑުއަށް އައިސް ހޯމް ކަރަންޓީނުގައި ހުރި ފަރާތެއް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އެހެންވެ އޭވިއޭޝަން ކްލަސްޓަރ އާއި އެކު އައްޑޫގެ ޖުމްލަ އެކްޓިވް ކޭސް އަދަދަކީ 55 އެވެ.