ސ. ގަމުގައި ބޭއްވި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ޓްރެއިނިންއަށް ދިޔަ މީހުންނާއި ގުޅުން ހުރި ކްލަސްޓަރ (އޭވިއޭޝަން ކްލަސްޓަރ) އިން އިތުރު މީހަކު ހިތަދޫން ޕޮޒިޓިވްވެ، މި ކްލަސްޓަރގެ އައްޑޫ ޖުމްލަ އަދަދު 29 އަށް އިތުރުވެއްޖެއެވެ.
"އައްޑޫލައިވް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރޭ ޕޮޒިޓިވްވީ މީހާއަކީ މި ކްލަސްޓަރ އިން ޕޮޒިޓިވްވީ މީހެއްގެ އަތްބެކެވެ.
މިހާތަނަށް މިކްލަސްޓަރ އާއި ގުޅުން ހުރި މީހުންތައް ވަނީ ހިތަދޫގެ އިތުރުން، ފޭދޫ އަދި މަރަދޫ ފޭދޫ ޕޮޒިޓިވްވެފައެވެ.
އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރ (އޭއީއޯސީ) އިން ރޭ ބޭއްވި ނޫސް ކޮންފަރެންސްގައި އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގެ އެކްޓިން މެޑިކަލް ޑިރެކްޓަރ އަދި ޔޫރޯސާޖަން ޑރ. އަބްދުﷲ އަދުސާރު ވިދާޅުވީ މިހާތަނަށް އޭވިއޭޝަން ކްލަސްޓަރ އާއި ގުޅުން ހުރި ޑައިރެކްޓު ކޮންޓެކްޓްސްގެ ތެރެއިން ފާހަގަ ކުރެވިފައިވާ އެންމެންގެ ސާމްޕަލް ނަގާފައިވާ ކަމަށެވެ. އަދި މި ކްލަސްޓަރއިން ޕޮޒިޓިވްވި ފަރާތްތަކާއި ބައްދަލުވެފައިވާ ފަރާތެއް ހުރި ނަމަ ހޮސްޕިޓަލްގެ ރެޕިޑު ރެސްޕޮންޑު ޓީމަށް ގުޅައި، ނުވަތަ ރަށްރަށުގެ އެސްއެސްޑީތަކަށް ގުޅައި އެންގެވުމަށް ވަނީ އެދިވަޑައިގެންފައެވެ.
އޭވިއޭޝަން ކްލަސްޓަރ އުފެދިފައިވަނީ އެޗްޕީއޭގެ ގައިޑުލައިން އާއި ހިލާފަށް އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ މުވައްޒަފުންތަކެއް ގ. ގަމަށް އައިސް ބޭއްވި ޓްރެއިނިންއަކަށް ފަހު އުފެދުނު ކްލަސްޓަރ އެކެވެ. މި ކްލަސްޓަރ ގެ އެއްބައި ގދ. ތިނަދޫގައި އޮތް އިތުރު ބޮޑު ބައި މިވަނީ އައްޑޫގެ ގުޅިފައިވާ ރަށްތަކާއި ގުޅިފައެވެ.
އައްޑޫގައި މިވަގުތު ދެ ކްލަސްޓަރ އޮތް އިރު ކޮވިޑު އެކްޓިވް ކޭސްގެ އަދަދު 56 އަށް ވަނީ އަރާފައެވެ.
ތަފްސީލް އަންނަނީ….