Last Updated: April 22, 11:53
Tuesday, April 22, 2025
ޚަބަރު

އޭވިއޭޝަން ކްލަސްޓަރ: އުމުރުން ދުވަސްވީ މީހަކު ޕޮޒިޓިވްވެއްޖެ

ސ. ގަމުގައި ބޭއްވި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ޓްރެއިނިންއަށް ދިޔަ މީހުންނާއި ގުޅުން ހުރި ކްލަސްޓަރ (އޭވިއޭޝަން ކްލަސްޓަރ) އިން އިތުރު މީހަކު ކޮވިޑު-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

"އައްޑޫލައިވް"އަށް އެނގިފައިވާ ގޮތުގައި ރޭ މި ކްލަސްޓަރއިން ޕޮޒިޓިވްވެފައިވަނީ އުމުރުން 79 މީހެކެވެ. އެމީހާއަކީ ފޭދޫއަށް ނިސްބަތްވާ މީހެކެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރޭ ޕޮޒިޓިވްވި މި މީހާ މިހާރު ވަނީ އައްޑޫ ކޮވިޑު ފެސިލިޓީއަށް ގެނެސްފައެވެ. އެމީހާ ކޮވިޑު ފެސިލިޓީއަށް ގެނެސްފައިވަނީ ހައި ރިސްކު ކެޓަގަރީ މީހަކަށް ވުމުން ކައިރިން ބެލުމަށެވެ.

މި މީހާ އާއި އެކު މި ކްލަސްޓަރ އިން ޕޮޒިޓިވްވީ މީހުންގެ އަދަދު މިވަނީ 29 އަށް އިތުރުވެފައެެވެ.

އައްޑޫގައި މިވަގުތު ކޮވިޑު ދެ ކްލަސްޓަރ އޮތް އިރު ކޮވިޑު އެކްޓިވް ކޭސްތައް މިވަނީ 54 އަށް އިތުރުވެފައެވެ.