Last Updated: November 25, 19:38
Monday, November 25, 2024
ޚަބަރު

އޭވިއޭޝަން ކްލަސްޓަރ: ހިތަދޫން އިތުރު ދެމީހަކު ޕޮޒިޓިވްވެ، ޖުމްލަ އަދަދު 35 އަށް

ސ. ގަމުގައި ބޭއްވި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ޓްރެއިނިންއަށް ދިޔަ މީހުންނާއި ގުޅުން ހުރި ކްލަސްޓަރ (އޭވިއޭޝަން ކްލަސްޓަރ) އިން އިތުރު ދެ މީހަކު ހިތަދޫން ޕޮޒިޓިވްވެ، މި ކްލަސްޓަރގެ އައްޑޫ ޖުމްލަ އަދަދު 35 އަށް އިތުރުވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި އަލަށް ޕޮޒިޓިވްވި ދެމީހުންނަކީވެސް ކޮވިޑަށް ޕޮޒިޓިވްވީ މީހުންނާއި ޑައިރެކްޓު ކޮންޓެކްޓުވެ ހޯމް ކަރަންޓީނުގައި ތިބި ބައެކެވެ.

މި މީހުން ޕޮޒިޓިވްވުމާއި އެކު ހިތަދޫން ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ އަދަދު މިވަނީ 22 އަށް އިތުރުވެފައެވެ.

އައްޑޫގައި މިވަގުތު އޮތީ ކޮވިޑު ދެ ކްލަސްޓަރއެވެ. އެއީ އެމްޓީސީސީ ކްލަސްޓަރ އާއި އޭވިއޭޝަން ކްލަސްޓަރއެވެ. އެވިއޭޝަން ކްލަސްޓާއިން ޕޮޒިޓިވްވީ މީހުންގެ އަދަދު މިވަނީ 35އަށް އަރާފައެވެ. އެމްޓީސީސީ ކްލަސްޓަރގައި މިވަގުތު ތިބީ 25 މީހުންނެވެ.

މިހާރު އައްޑޫގެ އެކްޓިވް ކޮވިޑު ކޭސް ތަކުގެ އަދަދަކީ 60 އެވެ.