ކޮވިޑު-19 އަށް އައްޑޫން ޕޮޒިޓިވްވީ މީހުންގެ އަދަދު 60 އަށް އަަރައިފިއެވެ.
އައްޑޫގައި މިވަގުތު ކޮވިޑު ދެ ކްލަސްޓަ އޮތް އިރު ހުޅުމީދޫ އެމްޓީސީސީ ސައިޓުން ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ އަދަދަކީ 25 އެވެ.
ސ. ގަމުގައި ބޭއްވި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ޓްރެއިނިންއަށް ދިޔަ މީހުންނާއި ގުޅުން ހުރި ކްލަސްޓަރ (އޭވިއޭޝަން ކްލަސްޓަރ) މިހާތަނަށް ވަނީ 35 މީހަކު ޕޮޒިޓިވްވެފައެވެ. އެއާއި އެކު އައްޑޫގެ އެކްޓިވް ކޭސްތަކުގެ އަދަދު މިވަނީ 60 އަށް އަރާފައެވެ.