Last Updated: May 10, 09:54
Saturday, May 10, 2025
ޚަބަރު

ޝިނާޒު އާއި ފައިޒު އަށް ގޮޑި ކަށަވަރުވެއްޖެ

އަންނަ ލޯކަލް ކައުންސިލް އިންތިހާބުގައި އައްޑޫ ސިޓީ ކައުންސިލަށް ވާދަކުރާ ދެ ކެންޑިޑޭޓުންގެ ގޮޑި ކަށަވަރުވެއްޖެއެވެ.

އިންތިހާބާއި ނުލައި ގޮޑި ކަށަވަރުވެފައިވަނީ ހިތަދޫ ކޮރޮވަލު ދާއިރާއަށް ކުރިމަތި ލެއްވި އިބްރާހިމް ޝިނާޒު މޫސާ އާއި ހުޅުދޫ ދާއިރާއަށް ވާދަކުރެއްވި ހުސެއިން ފައިޒުއްރަހްމާންއެވެ.

ޝިނާޒު އާއި ފައިޒުގެ ގޮޑި ކަށަވަރުވީ އެދާއިރާތަކަށް ވާދަ ކުރެއްވިި އެހެން ކެންޑިޑޭޓުން ނަން އަނބުރާ ގެންދިއުމާއި ގުޅިގެންނެވެ.

ހުޅުދޫ ދާއިރާއަށް ފައިޒުގެ އިތުރުން ޕީޕީއެމްގެ ކެންޑިޑޭޓަކާއި އަމިއްލަ ދެ ކެންޑިޑޭޓަކު ވާދަކުރިއެވެ. ނަމަވެސް ހުރިހާ ކެންޑީޑޭޓުން ވެސް ވަނީ ނަން އަނބުރާ ގެންގޮސްފައެވެ.

ޝިނާޒު އާއި ވާދަކުރުމަށް ޕީޕީއެމް ކުރިމަތިލި ޕީޕީއެކް ކައުންސިލް މެމްބަރު މުހައްމަދު ޖިނާން (ޖިންކޯ)ވެސް ވަނީ ފަހު ވަގުތު ނަން އަނބުރާ ގެންގޮސްފައެވެ.

އައްޑޫގެ މޭޔަރުކަމަށް ވާދަކުރައްވާ އަލީ ނިޒާރު ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިން ފަށާނީވެސް ކައުންސިލްގެ 3 ގޮޑި ކަށަވަރުވެގެން ކަަމަށެވެ. މީގެ ކުރިން ހިތަދޫ ބޭރުމަތި ދާއިރާއަށް ވާދަކުރެއްވި މަރިޔަމް ސައީދުގެ ގޮޑިވެސް ވަނީ ކަށަވަރުވެފައެވެ.

"އިރާދަކުރެއްވިއްޔާ އައްޑޫ ސިޓީ ކައުންސިލްގެ މެޖޯރިޓީ އެމްޑީޕީން ހިފަހައްޓާނެ، އަދި އައްޑޫ ސިޓީގެ ރައްޔިތުން އެދޭ މިސްރާބަށް ދަތުރުކޮށްދޭނެ ހީވާގި ކައުންސިލަކަށް ކައުންސިލް ވެގެންދާނެ"

ނިޒާރު ފައިޒު އާއި ޝިނާޒު އަދި މަރީއަށް މަރުހަބާ ދެންނެވުމަށް ކުރެއްވި ޓްވީޓުގައި ލިޔުއްވާފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ 2ކޮމެންޓް