Last Updated: April 22, 06:16
Tuesday, April 22, 2025
ޚަބަރު

ހުޅުމީދޫ އެމްޓީސީސީ ސައިޓުން އިތުރު ބިދޭސީއަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ހުޅުމީދޫ އެމްޓީސީސީ ސައިޓުން އިތުރު ބިދޭސީއަކު ކޮވިޑު-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަލަށް އެ ސައިޓުން ޕޮޒިޓިވްވީ މީހާއަކީ އަލާމާތްތަކެއް ހުރެގެން ޓެސްޓު ކުރި މީހެކެވެ. އެމީހާއަކީ ސައިޓުގައި ކަރަންޓީނުވެގެން ހުރި މީހެކެވެ.

އެމްޓީސީސީ ސައިޓުން އަލަށް ޕޮޒިޓިވްވި ބިދޭސީ އާއި އެކު އެތަނުން ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ އަދަދު މިވަނީ 26އަށް އިތުރުވެފައެެވެ.

މިވަގުތު އައްޑޫގައި ކޮވިޑު ދެ ކްލަސްޓަރ އޮތް އިރު އައްޑޫގެ މޮނިޓަރިން ހާލަތު އެޗްޕީއޭއިން ރޭ މިވަނީ އިތުރު 7 ދުވަހަށް އިތުރުކޮށްފައެވެ. އެމްޓީސީސީ ކްލަސްޓަރ އާއި އޭވިއޭޝަން ކްލަސްޓައިން މިހާރު ޖުމްލަ ޕޮޒިޓިވި ކޭސްތައް މިވަނީ 63 އަށް އިތުރުވެފައެވެ.