Last Updated: November 23, 05:52
Saturday, November 23, 2024
ޚަބަރު ރައްޔިތުންގެ މަޖިލީސް

ރާއްޖޭގެ ވިޔަފާރިތަކުން ލިބޭ ޑޮލަރު ހިފަހައްޓަން ގަރާރެއް

ރައްޔިތުން މަޖިލީހުގެ ޖަލްސާއެއްގައި މެންބަރުންތަކެއް -- ފޮޓޯ / މަޖިލިސް

ރާއްޖޭގައި ކުރާ ވިޔަފަރިތަކުން ލިބޭ ފައިސާގެ ބޮޑު ބައެއް ރާއްޖޭގެ ބޭންކުތަކަށް ވަންނަމުން ނުދާތީ، އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.

މަނަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު ހާރޫނު ހުށަހެޅުއްވި ގަރާރުގައި ބުނެފައި ވަނީ ރާއްޖޭގައި ކުރާ ވިޔަފާރިތަކުގައި ބޭރު ގައުމުތަކުގެ ޕީއޯއެސްް ބޭނުންކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އޭގެ ސަބަބުން ރާއްޖޭގައި ކުރާ ވިޔަފާރިތަކުން ދައުލަތަށް ޓެކްސްގެ ގޮތުގައި ލިބެންޖެހޭ ފައިސާ ވެސް ދައުލަތައް ގެއްލިގެންދާ ކަމަށް ގަރާރުގައި ބުނެފައިވެ އެވެ.

އެގޮތުން މެމްބަރު ހާރޫނު ވިދާޅުވި ގޮތުގައި 2019 ވަނަ އަހަރު ރާއްޖޭގައި 4.1 ބިލިޔަން ޑޮލަރުގެ ވިޔަފާރި، ބޭރު ފައިސާއިން ކުރިއިރު އޭގެ ތެރެއިން ރާއްޖޭގެ މާލީ ނިޒާމުގެ ތެރެއަށް ވަދެފައި ވަނީ އަދި ރާއްޖޭން ބޭރުވެފައި ވަނީ ކިހާވަރެއްކަން އެނގެން ނެތް ކަމަށެވެ.

އެހެންކަމުން ރާއްޖޭގެ ވިޔަފާރިތަކުން އުފެދޭ އާމްދަނީއަކީ ރައްޖޭގެ ފައިނޭންޝަލް ސިސްޓަމަށް ވަންނަ ފައިސާކަން ކަށަވަރު ކުރެވޭނެ ގޮތަށް އެކަމާގުޅޭ އުސޫލުތައް ކަމާގުޅޭ މުއައްސަސާތަކާއި އިދާރާތަކުން މުރާޖައާކުރުމަށް މިގަރާރުގައި ވަނީ ގޮވާލައިފައެވެ.