Last Updated: November 25, 17:24
Monday, November 25, 2024
ޚަބަރު

މަޑަވެލީ ނަރުދަމާ އަޅާ ކުންފުނީގެ ތަކެއްޗަށް ގެއްލުންދީފި

ގދ. މަޑަވެލީ ނަރުދަމާގެ މަސައްކަތް ކުރަމުން އަންނަ އެސްޖޭ ކޮންސްޓްރަކްޝަންގެ ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއްދީފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މަޑަވެެލީ ނަރުދަމާގެ މަސައްކަތް ކުރަމުން އަންނަ އެސްޖޭ ކޮންްސްޓްރަކްޝަންއިން މަގު ކޮންނަން ބޭނުން ކުރާ ހައިމާކުގެ ހައިޑްރާލިކް ހޮޅި ބުރިކޮށްލައި، އޭގެ ބައެއް ނަރުތައް ރޭ ބަޔަކުވަނީ ބުރިކޮށްލާފައެވެ. މި މައްސަލަ މިހާރު ވަނީ ފުލުހުންނަށް ހުށަހެޅިފައެވެ.

މި މައްސަލަ ކުށްވެރިކޮށް މަޑަވެލީ އެމްޑީޕީ އޮފީހުންވެސް ވަނީ ބަޔާނެއް ނެރެފައެވެ. އެ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ މިފަދަ ނާތަހުޒީބު އަމަލުތައް ހިންގުމަކީ ޒިންމާދާރުކަން ކުޑަ އަދި ރައްވެހި ތަރައްގީ ލިބުމަށް ނޭދޭބަޔަކު ކުރާނެ ދަށުދަރަޖައިގެ އަމަލެއް ކަމަށެވެ. އަދި ކޮވިޑު-19ގެ މި ދަތިވަގުތު މިފަދަ ގެއްލުމެއް ކޮންޓްރަކްޓަރ އަށް ދިނުމަކީ މަސައްކަތް ނިންމުން ލަސްވެގެންދާނެ ކަމެއްކަމަށް ބަޔާނުގައި ބުނެފައިވެއެވެ.