އުތުރު ކޮރެއާއިން ކޮވިޑް-19އިގެ ވެކްސިން އާއި ފަރުވާއާ ބެހޭ މައުލޫމާތު ހޯދުމަށް އެމެރިކާގެ ފައިޒާ ކުންފުނި ހެކް ކުރަން މަސައްކަތް ކުރި ކަމަށް ދެކުނު ކޮރެއާއިން ތުހުމަތުކޮށްފިއެވެ.
ދެކުނު ކޮރެއާގެ ނެޝަނަލް އިންޓެލިޖެންސް އެޖެންސީ (އެންއައިއޭ)އިން ވެސް ވަނީ ފައިޒާ ވެެކްސިން ވަގަށް ނެގުމަށް އުތުރު ކޮރެއާއިން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ހާމަކޮށްފައެވެެ. އަދި އެމީހުން މަސައްކަތް ކުރަނީ މި ފޯމިއުލާ ހެކްކޮށްގެން ވަގަށް ނެގުމަށް ކަމަށް އެެ ނޫހުން ވަނީ ތައެކައުންގ އާއި ހަވާލާދީ ރިިޕޯޓުކޮށްފައެެެވެ.
އެމެރިކާގެ ފާމަސޫޓިކަލް ކުންފުނިން އެއްވެސް ޑޭޓާއެއް ނޯތު ކޮރެއާ އަށް ވަގަށް ނެގުނު ކަމެއް އަދި ނޭނގެ އެވެ. ނަމަވެސް ފައިޒާ ވެކްސިން ހެކްކުރަން ނޯތު ކޮރެއާ އިން އުޅުނުކަން ސައުތު ކޮރެއާގެ ނޭޝަނަލް އިންޓަލިޖެންސް އެޖެންސީން ވަނީ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންނަށް ކިޔައިދީފައެވެ.
ދެކުނު ކޮރެއާގެ ޕާލިމެންޓަރީ އިންޓެލިޖެންސް ޕެނަލްގެ މެމްބަރެއް ކަމަށްވާ ހާ ޓޭ-ކެއުންގް ވިދާޅުވި ގޮތުގައި "އުތުރު ކޮރެއާއިން ކޮވިޑް ވެކްސިން އާއި ފަރުވާއާ ގުޅުން ހުރި ޓެކްނޮލޮޖީއާ ބެހޭ މައުލޫމާތު ފައިޒާ ހެކްކޮށްގެން" ހޯދަން މަސައްކަތް ކުރިކަން ޕާލިމެންޓަށް އެންގީ ދެކުނުގެ ޖާސޫސީ އިދާރާއިންނެވެ.
ކޮރޯނާވައިރަހުގެ އެއްވެސް ކޭސްއެއް ނޯތު ކޮރެއާ އިން ފެނުނު ކަމަށް ރިޕޯޓްކޮށްފައެއް ނުވެ އެވެ. ޗައިނާ އިން ކޮރޯނާވައިރަސް ފެނުނުތާ ކުރީކޮޅު ނޯތު ކޮރެއާ އިން ވަނީ، ޖެނުއަރީ މަހު ބޯޑަރު ބަންދުކޮށްފައެވެ.
އޮކްސްފޯޑް/އެސްޓްރަޒެނެކާގެ ދެ މިލިއަން ޑޯޒުގެ ވެކްސިނަށް އެ ގައުމުން ވަނީ އޯޑަރު ދީފައެވެ.