Last Updated: April 29, 20:44
Tuesday, April 29, 2025
ޚަބަރު ސިޔާސީ

ކައުންސިލް އިންތިހާބަށް އިދިކޮޅުގެ ތަރުޖަމާނަކަށް ހަލީލް

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އިދިކޮޅުގެ ތަރުޖަމާނަކަށް ނިލަންދޫ ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަބްދުﷲ ހަލީލް ހަމަޖައްސައިފިއެވެ.

ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުވެސް އަދާކުރެއްވި ހަލީލް އަކީ ޕީޕީއެމްގެ ކައުންސިލް މެމްބަރެކެވެ.

ފަސްކޮށްފައިވާ ލޯކަލް ކައުންސިލް އިންތިހާބު އޭޕްރިލް 10 ވަނަ ދުވަހު ބޭއްވުމަށް މަސައްކަތްކުރަމުން އަންނައިރު، އިދިކޮޅުން އަންނަނީ އިންތިހާބު އިތުރަށް ފަސްނުކޮށް އަވަހަށް ބޭއްވުމަށް ގޮވާލަމުންނެވެ. އިދިކޮޅުން ތުހުމަތު ކުރާގޮތުގައި ލޯކަލް ކައުންސިލް އިންތިހާބަށް ހަމަހަމަ ކަމާއި އެކު ކެމްޕެއިން ކުރުމުގެ ފުރުސަތު ނުލިބެއެވެ.

ސޯޝަލް މީޑިއާގައި ކައުންސިލް އިންތިހާބުގެ ވާދަވެރިކަން އެމްޑީޕީއާއި ޕީޕީއެމަށް ތާއީދުކުރާ ފަރާތްތަކުގެ މެދުގައި ގަދަވެފައިވާއިރު، އެންމެ ބޮޑަށް ވާދަވެރިކަން އުފެދިފައިވަނީ މާލެސިޓީ މޭޔަރުކަމަށް ކުރިމަތިލާ ފަރާތްތަކުގެ މެދުގައެވެ. އެގޮތުން އެމްޑީޕީގެ ފަރާތުން އެ ޕާޓީގެ ކުރީގެ ސެކްރަޓަރީ ޖެނެރަލް އަނަސް އަބްދެއްސައްތާރު މާލެސީޓީ މޭޔަރު ކަމަށް ކުރިމަތިލާއިރު އިދިކޮޅުގެ ފަރާތުން އެ މަގާމަށް ވާދަކުރަނީ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުއެވެ.

ހިޔާލު ފާޅުކުރައްވާ 1ކޮމެންޓް