އޭވިއޭޝަން ކްލަސްޓަރ އިން އިތުރު މީހަކު ފޭދޫން ކޮވިޑު-19 އަށް ޕޮޒިޓިވްވެއްޖެއެވެ.
މިއީ މި ކްލަސްޓަރ އިން ފޭދޫން ޕޮޒިޓިވްވި 16 ވަނަ މީހާއެވެ.
އައްޑޫން ކޮވިޑު-19 އަށް ޖުމްލަ 76 މީހަކު ޕޮޒިޓިވްވި އިރު އެކްޓިވް ކޭސް ތަކުގެ އަދަދަކީ 50 އެެވެ. މިހާތަނަށް 29 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.
އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން ބުނީ މިއަދު ފޭދޫން ކޮވިޑަށް ޕޮޒިޓިވްވީ މީހާއަކީވެސް ކުރިން ޕޮޒިޓިވްވި މީހަކާއި ޑައިރެކްޓު ކޮންޓެކްޓުވެގެން ހޯމް ކަރަންޓީނުގައި ހުރި މީހެއް ކަމަށެވެ. އެމީހާ ޕޮޒިޓިވްވީކަން އެނގުނީ ކަރަންޓީނު ފުރިހަމަ ކުރުމަށް ނެގި ސާމްޕަލް ޕޮޒިޓިވްވުމުންނެވެ.
އޭވިއޭޝަން ކްލަސްޓައިން މިހާތަނަށް ގިނައިން ޕޮޒިޓިވީ މީހުންނަކީ ހޯމް ކަރަންޓީނުން ޕޮޒިޓިވްވީ މީހުންނެވެ.